ads
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް
އަލިފުށީ އެއާޕޯޓު އަޅަނީ ވަކި މީހަކު ރުއްސަން: މީކާއިލް
ރ. އަލިފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓަކީ ސަރުކާރުން ވަކި މީހަކު ރުއްސަން ކުރާ މަސައްކަތެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެ މަޝްރުއޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހަށް މާލޭ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލައަކަށް ބަހު ކުރައްވަމުން މީކާއިލް ވިދާޅުވީ އަލިފުށީގައި އެއާޕޯޓު އެޅުމަކީ ބަޖެޓުގައި ވެސް ނެތް މަޝްރުއޫއަކަށް ވާއިރު ކުއްލިއަކަށް އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ހޭދަކުރުން ކަމަށެވެ. 

"އެއާޕޯޓެއް އޮތް އަތޮޅެއްގެ 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އަޅަން ނިންމެވުުން އަޅުގަނޑުމެންގެ ރައްޔިތުންނަށް މޫނު ދައްކާލާނެ ގޮތެއް ރައީސް ވިދާޅުވެ ބައްލަވާ،" މީކައިލް ވިދާޅުވި އެވެ. 

މިކާއިލް ވިދާޅުވީ މި އެއާޕޯޓުގެ މަޝްރުއޫއަކީ ގިނަ ރައްޔިތުންގެ މަންފާއަކަށްވުރެ ބޮޑަށް ވަކި މީހަކު ރުއްސަން ސަރުކާރުން ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. 

އަލިފުށީގައި ސަރުކާރުން ކުއްލި ގޮތަކަށް އެއާޕޯޓެއް އަޅަން އިއުލާން ކުރުމާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ އެއާޕޯޓަކީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ސަރުކާރުން ދެއްވާ "ހަދިޔާ" އެކެވެ. 

އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަޝްރުއޫ އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެރަށުން ފުރައިގެން 15 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އިފުރުގައި މިހާރު ވެސް އެއާޕޯޓެއް އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް