ads
ބާރްތީ ސިންގ
ބާރްތީގެ ހަށިގަނޑަށް ބޮޑު ބަދަލެއް!
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރުތީ ސިންގ ވަނީ އޭނާގެ ހަށިގަނޑަށް ބަދަލެއް ގެނެސްފައެވެ.

ބާރްތީގެ ހަށިގަނޑަށް ގެނެސްފައިމިވާ ބަދަލާ ބެހޭގޮތުން އެކި ޕްލެޓްފޯމުތަކުގައި މިހާރު ވާހަކަދެކެވެމުން އަންނަ އިރު، މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން ބާރުތީ ވަނީ 10 ވަރަކަށް މަސްތެރޭގައި 15ކިލޯ އަށް ވުރެ ބޮޑަށް ބަރުދަން ލުއިކޮއްލާފައެވެ. 

ދި ޓައިމުސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބާރްތީ ބުނެފައިވަނީ އޭނާގެ ބަރުދަން 91 ކިލޯއިން 76 ކިލޯ އަށް މިހާރު ލުއި ކުރެވިފައި ވާކަމަށެވެ. އަދި ހަށިގަނޑަށް ގެނެވުނު މި ބަދަލަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަސައްކަތްކަންވެސް ބާރުތީވަނީ ފާހަގަ ކޮއްފައެވެ. ހަށިގަނޑަށް ގެނެވުނު މި ބަދަލާއި އެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް ބާރްތީ ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން މި ގެނެވުނު ބަދަލާމެދު އޭނާ ހުރީ ވަރަށް އުފަލުންކަމަށްވެސް ބާރްތީ ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ބާރްތީ އަބަދުވެސް ބުނަމުން އައީ އޭނާގެ ބަރުދަނާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި އޭނާގެ ފޭނުންގެ ފަރާތުންވެސް ބޮޑު ހިތްވަރެއް ލިބިފައިވާކަން ބާރްތީވަނީ ފާހަގަ ކޮށްފައެވެ. 

މިފަހުން އެކިއެކި ޝޯތަކުން އަދި ސޯޝަލް މީޑިއާގައި އާންމު ކޮއްފައިވާ ފޮޓޯތަކުން ބާރްތީގެ ފޭނުން ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަންނަމުން ދާކަން ފާހަގަކޮއްފައެވެ. 

ބަރުދަން ލުއި ކުރުމުގައި ކެއުމުގެ ކަންކަން ބައްޓަން ކޮށްއިވާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަމުން ބާރްތީ ބުނީ ރޭގަނޑު ހަތަކުން އަނެއްދުވަހުގެ މެންދުރު ބާރަޔާ ދެމެދު އެއްވެސް ވަރަކަށް އެއްޗެއް ނުކާކަމަށެވެ. މިގޮތަށް ކެއުން ބަހައްޓަން ފެށުމުން މަޑުމަޑުން އެގޮތަށް ހަށިގަނޑު ހޭނުނުކަންވެސް ބާރްތީވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުން ޑައިޓްޕްލޭންގެ އިތުރުން ކޮންމެ ދުވަހަކުވެސް ގަވައިދުން ކަސްރަތު ކުރާކަމަށް ވެސް ބާރްތީވަނީ ބުނެފައެވެ. 

އެތައް ފަހަރަކު މިކަން ނުވާނެއޭ ހިތަށް އެރިކަމަށެވެ. އެހެންނަމަވެސް މަސައްކަތް ކުރީ ހިތްވަރު ދޫކޮށްނުލާ ބަރުދަން ލުއިކުރުމަށް ކަމަށް ބާރްތީ ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް