ads
ދިރާގުން ވަނީ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ ރާއްޖެއަށް ތައާރަފް ކޮށްފަ
ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ ރާއްޖެއަށް ރަސްމީކޮށް ތައާރަފްކޮށްފި
ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 5ޖީ ރާއްޖެއަށް ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ޒީ ފޯލްޑް3 5ޖީ 10 ސެޕްޓެމްބަރު 2021 އިން ފެށިގެން ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ. މިއީ ސެމްސަންގްގެ ފަތްޖަހާލެވޭ ފޯނުތަކުގެ 3ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. 

އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެއެވެ. ބޮޑު ފޯނު ސްކްރީނަކުން ފެށިގެން ފަތްޖަހާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ތަފާތު އަދި އީޖާދީ ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓްކުރެއެވެ. 

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީ-އޯޑާ ކުރައްވާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ 6 މަސްދުވަހުގެ މުއްދަތައް ދިނުމަށްވަނީ ހަމަޖައްސާފައިއެވެ. މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީ އޯޑާ ކުރައްވާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެއެވެ. ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ، ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓްކުރާނެއެވެ.

ދިރާގުން ސެމްސަންގްގެ އެއްމެ ފަހުގެ މިސްމާޓް ފޯނު ޕްރީ-އޯޑަރު ކުރުމަށް https://www.dhiraagu.com.mv/eshop ން ވަރަށް ފަސޭހަކަމާއެކު ޕްރީއޯޑަރު ކޮށްލެވޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް