އެމްޑަބްލިއުއެސްސީ އިން ބުނީ، މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް ކުރުމަށް ، މިރޭ 23:00 އިން ފަތިހު 05:00 އަށް ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށެވެ.
މިރޭ ފެންކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، ސޯސަންމަގާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުންނެވެ.
މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މީގެ ކުރިންވެސް އެކި ދުވަސްތަކުގެ މަތިން ގޭބިސީތަކުން ފެންކަނޑާލާފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;