މިއަދު އިބްރާހީމް ރަޝީދު (ބޮންޑެ) އަމީންގެ މައްސަލަ ހުށަހެޅުމަށް އޮމްބޮޑްސްމަން އޮފީހުގައި
އަމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރަން އޮމްބޮޑްސްމަން އޮފީހަށް ހުށަހަޅަފި
Share
މުހަންމަދު އަމީންގެ މައްޗަށް ކޮށްފައިވާ ނާއިންސާފު އަނިޔާވެރި ހުކްމް ބާތިލް ކުރުމަށް އޮމްބަޑްސްމަން އޮފީހަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.
Advertisement

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ބޮންޑެ ހުށަހެއްޅުއްވި މިމައްސަލައިގެ ޝަރީއަތް ހިންގަވާފައިވަނީ  އަލްމަރުހޫމް އައްސައްޔިދު  ބޮޑުފެންވަޅުގެ  ސީދީ، އަލްމަރުހޫމް ޢަބްދުލްޤައްޔޫމް  ސީދީ، އަލްމަރުހޫމް މަލިމް  މުޙައްމަދު  ދީދީ އަދި އަލްމަރުހޫމް މުޙައްމަދު  ޖަމީލް  ދީދީ އެވެ.

ދައުލަތުގެ  ފަރާތުން  ދަޢުވާކުރެއްވީ  ދައުލަތުގެ  ބަންޑާރަނައިބުގެ ނައިބް އިބްރާހީމް ޝިހާބު އެވެ. މުޙައްމަދު  އަމީނަކީ ބާޣީއެއް އަދި  ޚާއިނެއް  ކަމަށް  1954ގައި ޙުކުމްކުރިއެވެ. 

ބޮންޑެ ހުށަހަޅާފައިވާ މިމައްސަލާގައި އަލްމަރްހޫމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެ ފާނުގެ ނިމުން ރަސްމީކޮށް ބައްލަވާ އެކަމުގެ ހަޤީޤަތް ރަސްމީ ސިފައެއްގައި ރައްޔިތުންނަށް އަންގައި ދޭން އެދިފައިވއެވެ. އަދި އުމުރުން 80 އަހަރުން މަތިވެފައިވާ، މި މައްސަލައާއި ގުޅުން ހުރި ފަރާތްތައް ހޯދުމަށް އިންތިޤާލީ އިންސާފުގެ
އޮފީހުން އަމުރެއް ނުވަތަ އިއުލާނެއް ނެރުމާއި އެކު، އެމީހުންގެ ފަރާތުން ލިބެން ހުރި މައުލޫމާތު އެއްކޮށް، މިމައްސަލާގައި އިންސާފުވެރި ނިޔާއެއް ކަނޑައަޅައި ދެއްވަން އެދިފައިވެއެވެ.
އަލްމަރްހޫމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެ ފާނު އަކީ ޚާއިނެއް ކަމަށް ބަޔާންކޮށް، ކޮށްފައިވާ ހުކުމް ބާތިލް ކުރުން، ނުވަތަ އަލުން އެޝަރީއަތް ކޮށްދިނުމަށްވެސް ބޮންޑެ ހުށަހެޅުއްވި މައްސަލައިގައި އެދިފައިވެއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް