ads
ކޮޕީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)
ކޮޕީ އިއްސެ ސީއެންއެމްގެ ޓީމާ ގުޅިއްޖެ
މުނިފޫހިފިލުވުމުގެ ދާއިރާގެ ތަޖުރިބާކާރު އިސްމާއިލް ރަޝީދް (ކޮޕީ އިއްސެ) ސީއެންއެމްގެ ޓީމާ ގުޅިއްޖެއެވެ.
Advertisement

އެކްޓިން ކޯޕަރޭޓް އެގްޒެކްޓިވްގެ މަގާމު އާ އެކު އޭނާ ހަވާލުވާނީ ސީއެންއެމް ޓީވީގެ ޕްރޮޑަކްޝަން ޓީމާ އެވެ. ސީއެންއެމްގައި ތަފާތު ޕްރޮގްރާމްތައް އުފައްދައި ހުށަހެޅުމުގެ އިތުރުން، އިއްސެ ކޯޕަރޭޓް މަސައްކަތްތައް ކުރާނެ އެވެ.

ސީއެންއެމް ޓީމާ ގުޅުމަށް ފަހު އިއްސެ ވިދާޅުވީ އޭނާ އަލަށް ހަވާލުވާ މަސްއޫލިއްޔަތަކީ ވަރަށް ޗެލެންޖިން މަސައްކަތެއްކަމުގެ އިހުްސާސް ކުރެވޭ ކަމަށާއި ނަމަވެސް އަލަށް ހަވާލުވި މަސްއޫލިއްޔަތުތަކާއެކު އުއްމީދު ކުރާ މަންޒިލަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުގެ މި މަސްއޫލިއްޔަތަކީ ކުޑަ މަސްއޫލިއްޔަތެއް ނޫން. ސީއެންއެމް ޓީވީގެ ޕްރޮގްރާމްތަކުގެ ވާހަކަ މިހާރަށްވުރެ ގިނައިން ރަށުތެރޭގައި ދައްކާވަރު ކުރާނަން. އެ ޒިންމާ އާ މިއަދު މި ހަވާލުވީ. މި ހަވާލުވި މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީއެންއެމް ޓީވީ އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެހެންކަމުން ތަފާތު ފެންނަމުންދާނެ ކަމަށެވެ.

ކޮޕީ އިއްސެ ސީއެންއެމް ޓީމާ ގުޅުމާ ގުޅިގެން ސީއެންއެމް މެނޭޖްމަންޓުން ބުނީ އިއްސެގެ ތަޖުރިބާ އާ އެކު ސީއެންއެމް ޓީވީއަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި އިއްސެ އަކީ އޭނާ ކުރަން ދިމާކުރި ކަންކަން ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ.

އިއްސެއަކީ ފިލްމީ ދާއިރަގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދިވެހިންގެ މަގްބޫލް އެކްޓަރެކެވެ.

އެންމެ ފުރަތަމަ އިސްމާއިލް ރަޝީދު ބެލުންތެރިންނަށް ފެނުނީ 1996 ވަނަ އަހަރު އެއާޕޯޓް ކޮމްޕެނީގެ ޓެލެޑްރާމާ "ޒިންމާ" އިންނެވެ. ކޮމެޑީ ރޯލުތައް ކެރިއައަރުގެ ކުރީކޮޅުގައި ކުޅުއްވި ނަމަވެސް، މިހާރު އިއްސެ ގެންދަވަނީ ތަފާތު އެކި ޖޯންރާތަކަށް އެކްޓު ކުރައްވަމުންނެވެ. 

އެކްޓިން ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިއްސެ ވަނީ ރާއްޖެއަށް ރީތިނަން ހޯދައިދީގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ވެސް ހާސިލް ކުރައްވާފަ އެވެ. 

އޭނާ ހޯދާފައިވާ ފާހަގަ ކޮށްލެވޭ ބައެއް އެވާޑްތަކުގެ ތެރޭގައި 2006 ވަނަ އަހަރު ހޭލާ ފިލްމުން ބެސްޓު ސަޕޯޓިން އެކްޓަރުގެ މަގާމު، 2011 ވަނަ އަހަރު ލޫދިފާއިން ބެސްޓު އެކްޓަރުގެ މަގާމް، 2014 ވަނަ އަހަރު އިނގިލިން ސާކް ފެސްޓިވަލް އެވާޑު އަދި މޯލްޑިވްސް ފިލްމު އެވާޑުން ބެސްޓު އެކްޓަރު މަގާމު ކޮޕީ އިއްސެ ވަނީ ހޯދާފައެވެ. 

އެކްޓު ކުރުމުގެ އިތުރުން އިސްމާއިލް ރަޝީދު ވަނީ ބައެއް ޓީވީތަކުގެ ޕްރޮގްރާމްތައް ވެސް ހުށަހަޅުއްވާފައެވެ. އަދި ބައެއް ފިލްމާއި ސީރީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓު ވެސް ކުރައްވާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް