މެންޗެސްޓަރ ޔުނައިޓެޑުގެ ޗެމްޕިންސް ލީގުގެ ފެށުން ބައްޔަކުން ދިޔައީ އަންގާރަ ދުވަހުގެ ރޭ ސްވިޓްޒަލެންޑްގެ ޔަންގް ބޯއީސް އަތުން ބަލިވުމުންނެވެ. ޔަންގް ބޯއީޒް އަތުން ޔުނައިޓެޑު ބަލިވީ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް އެ ޓީމުން ފަހަތުން އަރައި ޖެހި ދެ ލަނޑާއެކުއެވެ.
ޔުނައިޓެޑު ބަލިވި ލަނޑަކީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު، ލިންގާޑަށް ހެދުނު ގޯހަކުން ވަތް ލަނޑެކެވެ.
މިމެޗުގެ ބޮޑު ބައެއް ޔުނައިޓެޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ ތެރޭގައި ވެންބިކާސާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.