ads
ތުޅާދޫއިން ހައުސިން ޔުނިޓު ލިބުނު ބަޔެއް ގެތައް ބަލާލަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ތުޅާދޫ އެއާޕޯޓުގެ މަސައްކަތް އޮތީ ބިޑް އިވެލުއޭޝަން މަރުހަލާގައި: ރައީސް
ބ ތުޅާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީ ބިޑް އިވެލުއޭޝަން މަރުހަލާގައި ކަމަށް މިއަދު އޮތް ބައްދަލު ވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ތުޅާދޫ ކައުންސިލް ރައީސް އިބްރާހީމް އާދިލް ސީއެންއެމް އަށް ވިދާޅުވީ މިއަދު އޮތް ބައްދަލު ވުމުގައި ރަށުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ސިއްހީ ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލުން ވަނީ މައުލޫމާތު ބަދަލު ކޮށްފައެވެ. 

އެގޮތުން ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ. ކައުންސިލުން ބުނީ ރަށުގައި އަޅަން ނިންމާފައިވާ 50 ގޭގެ މަސައްކަތުގެ ކަންކަން ކުރެވެން ހުރިގޮތެއް ރައީސް ބައްލަވައި ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކާއި ކައުންސިލުން ކުރިޔަށް ގެންދާ ބައެއް ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ތުޅާދޫގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުން ދޭ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލްގެ ފަރާތުން ޝުކުރު ވަނީ އަދާކޮށްފައެވެ. 

މީގެ އިތުރުންވެސް ކައުންސިލުން ވަނީ ކަންކަން ހުށަހަޅާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. މިގޮތުން 50 ހައުންސންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމުގައި ވިދާޅުވިއެވެ. އަދި، މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ކައުންސިލުން ރަށް ތަރައްގީ ކުރުމުގައި ސަރަޙައްދީ ތަރައްގީއަށްވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް