ads
ޖެމީ ޑޭ
ސާފް ޗެމްޕިއަންޝިޕު ބޯމަތިވެފައި އޮއްވާ ބަންގާޅު ކޯޗު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް
ސާފް ޗެމްޕިއަންޝިޕް ފެށެން ދެ ހަފުތާއަށްވުރެ ގާތްވެފައިވަނިކޮށް ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖެމީ ޑޭ މަގާމުން ވަކިކޮށްފާނެ ކަމަށް މީޑިއާ ރިޕޯތްތައް ބުނަން ފަށައިފިއެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިއަދު އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެކްސްކޯއިންވަނީ އާ ކޯޗަކު ހޯދުމުގެ މަޝްވަރާތައް ފަށާފައެވެ. އެހެންނަމަވެސް އެކްސްކޯއިން މިކަމުގައި އަދި އެއްވެސް އެއްޗެއް ހާމަ ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝްގެ ނެޝަނަލް ޓީމު ކޮމިޓީން ސާފުގެ ކުރިން އާ ކޯޗެއް ހޯދާނެތޯ ނުވަތަ ނޫންތޯ މިއަދުގެ ވަގުތެއްގައި ނިންމުމަކީ އެކަށީގެންވާކަމެކެވެ.

ބަންގްލަދޭޝްގެ ކޯޗު، އިނގިރޭސިވިލާތުގެ ޖެމީ ޑޭގެ ކޮންޓްރެކްޓް އައުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ދެ އަހަރުގެ މުއްދަތަކަށެވެ. އުމުރުން ސާޅީސް އެއް އަހަރުގެ އިނގިރޭސި ކޯޗު ޖެމީ ޑޭ ގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ބަންގާޅު ފެޑެރޭޝަނުން އޭރު ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ބަންގާޅުން ކުޅެމުން އައި ކުޅުމާއި މެދު ފެޑެރޭޝަނުން ހިތްހަމަ ޖެހޭތީ އެވެ. އެހެންނަމަވެސް ސާފު ޗެމްޕިއަންޝީޕަށް ތައްޔާރުވުމަށް ކަރިގިސްތާނުގައި ކުޅުނު މެޗުތަކުން ބަންގްލަދޭޝް ބަލިވުމުން ކޯޗާ މެދު ފާޑު ކިޔުންތައް އިތުރުވީއެވެ. 

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ބަންގްލަދޭޝްއިން ކިރިގިސްތާނުގައި އެ ގައުމުގެ ގައުމީ ޓީމާ އެ ގައުމުގެ ތޭވީސް އަހަރުން ދަށުގެ ޓީމާ އަދި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުތަކުންވަނީ ބަލިވެފައެވެ. ޖެމީ ޑޭ އެންމެ ފުރަތަމަ ދެހާސް އަށާރަ ވަނަ އަހަރު ޑޭ ބަންގާޅު ގައުމީ ޓީމާއި ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ކޮންޓްރެކްޓްވަނީ އާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް