ads
ހުޅުމާލޭ
އެންމެފަހުން "ފިޔަވަތީ" ގައި އަލިފާން ރޯކޮށްލައިފި
ކަމަކަށްފަހު ކަމެއް ކުރަމުންގޮސް، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި މައްސަލަތައް ގިނަވެ އެންމެފަހުން ރޯކޮށްލައިފިއެވެ.
Advertisement

އެތާނގައި އަލިފާން ރޯކޮށްލައިފައިވަނީ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުންނެވެ.

އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އަދި އެކަން ސިފައިންގެ ފަޔާ އެންޑް ރެސްކިޔު އަށް ރިޕޯޓް ކޮށްފައި ވާތީ، ފަޔާ ޓްރަކެއް ވަގުތުން އެތަނަށް ވަނީ ގޮސްފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައިވާ އެތަނުގައި އަލިފާނުގެ ހާދިސާ އިތުރަށް ހިންގައިފާނެތީ އެތާނގައި ފަޔާ ޓްރަކް އަދިވެސް ބާއްވާފައި އެބައޮތެވެ.

ހައެއްކަ ކުދިން ފިޔަވަތީގެ ފުރާޅުމަތީގައި ތިއްބެވެ. އޭގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދިން ވެސް ހިމެނެ އެވެ. އެ ކުދިން ފުރާޅުން ބޭލުމަށް ފުލުހުންނާއި ފިޔަވަަތިީގެ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުވައްޒިފުން އަނިޔާކުރި ކަމެއް ބުނެ ފެންމަތިވެފައިވާ ވާހަކަތައް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މިމަހުގެ 8 ވަނަދުވަހު ވަނީ ދޮގުކޮށްފަ އެވެ. 

7 ވަނަދުވަހުގެ ރޭ ފިޔަވަތީގައި ހިންގި ހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ކުއްޖަކަށް އަނިޔާކޮށްފައިނުވާ ކަމަށާއި ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މި ހިނގާދިޔަ ހާދިސާގެ މައުލޫމާތު ލިބުމާ އެކު މި ސާވިސް އިން ވަނީ ވަގުތުން އެޓެންޑް ކުރަން ފަށާފައި." ޖެންޑާ މިނިސްޓްރީގައި ބަޔާނުގައި ބުނެފައިވެއެވެ. 

ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރާ އަޑުއިވޭ ކަމަށް ބުނެ އެރޭ ފިޔަވަތި ހުންނަ ސަރަހައްދަށް ބަޔަކު ވަނީ އެއްވެފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ފިޔަވަތީގެ ގޭޓުމަތިން އަރާ، ހިންގަމުންދާ ކަމެއް ބަލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެރޭ ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ. 

މިކަމާއި ގުޅިގެން އެރޭ ފުލުހުން ބުނެފައިވަނީ ފިޔަވަތި ސަރަހައްދަށް ބަޔަކު އެއްވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ފިޔަވަތީގެ އެއްވެސް ކުއްޖަކަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް