ފިޔަވަތީގެ ރަޔަޓެއް ހޫނުވެ ކުޑަ ކުއްޖަކު އިމަޖެންސީގައި ފަރުވާ އަށް ގެންދިޔަ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެރުތިފައިވަނިކޮށް އެކަމަށް ރައްދު ދެއްވާ ޖެންޑާ މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ރަޔަޓެއް ހިނގާފައިނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާ ގުޅޭގޮތުން އިތުރަށް ބުނެފައިވަނީ އެމްބިއުލޭންސް އަކަށް އަރުވައިގެން އެ ގެންދިޔައީ ނަފްސާނީ ބަލިހުރި ކުއްޖެއް ކަމުން ފަރުވާ ދިނުމަށް ހޮސްޕިޓަަލަށް ގެންދިޔަ ކުއްޖެއް ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ވަނީ އެފަދަ ކުދިންނާއި ގުޅޭ ހާއްސަ މައުލޫމާތު ސޯޝަލް މީޑިއާތަކުގައި ހާމަ ކުރާނަމަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ހާމަކުރުމަށް ވެސް އެދިފައެވެ.
ފަހަކަށް އައިސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ވިލިމާލޭގައި ހުންނަ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ކުދިން އަންނަނީ އެތަންތަން ބަލަހައްޓާ މުވައްޒަފުންނަށް ކޮންޓްރޯލް ނުވެ ތަނަށް ބޮޑެތި ގެއްލުން އަޑުގަދަކުރަމުންނެވެ. އެގޮތުން ފިޔަވަތީގައި ތިބޭ ބައެއް ކުދިންތަކެއް ވަނީ ހުކުރު ދުވަހުގެ ރޭ އެތަނުގެ ފުރާޅު މައްޗަށް އަރާ ތަނުގައި އަލިފާން ޖަހާފައެވެ.