ads
ކުޑަ ލަކުޑި ދިވެހި މަސް ދޯންޏެއް
ސަގާފީ އަދި އުފެއްދުންތެރިކަމުގެ ފެސްޓިވަލެއް ބާއްވަނީ
މުޅި ރާއްޖެއަށް ހުޅުވާލައިގެން ސަގާފީ އަދި އުފެއްދުންތެރިކަމުގެ ފެސްޓިވަލެއް ބާއްވަން ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)އިން ނިންމައިފި އެވެ.

އެން. ސީ. އޭ ގެ ކްރިއޭޓިވް ޑިރެކްޓަރު ހަސަން އަމްރޫހް ސީއެން އެމް އަށް މިއަދު ވިދާޅުވީ މުޅިން އަލަށް ބާއްވާ ސަގާފީ އަދި އުފެއްދުންތެރިކަމުގެ ފެސްޓިވަލް ބާއްވަން ފުރަތަމަ ނިންމީ ގައުމީ ދުވަހާ ގުޅިގެން ސަލްޓަން ޕާކް ސަރަހައްދުގަ ކަމަށާއި ނަމަވެސް ސެކިޔުރިޓީގެ ކަންކަން ހުރި ގޮތުން ފެސްޓިވަލު ބޭއްވުން މިހާރު އަންނަ  ނޮވެންބަރު މަހުގެ 11،12،13 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.  

 

"ފެސްޓިވަލުގައި ބޮޑަށް ފެނިގެންދާނީ ސަގާފީ ހަރަކާއްތަކާއި އައްތެރި މަސައްކަތް. މިސާލަކަށް ކުނާވިޔުން ކަހަލަ ހަރަކާތް ތައް އަދި ފައިން އާޓްސްގެ ކުރެހުންތައް، ލެކުއާ ވޯކްސް އެކަހަލަ ބައިވަރު މަސައްކަތް ކުރާ ގޮތް އެކި އެކި ޓެންޓުތަކުން ފެނިގެންދާނެ،" އަމްރޫހް ވިދާޅުވި އެވެ.

އަމްރޫހު އިތުރަށް ވިދާޅުވީ އެ ހަރަކާތްތަކުގެ އިތުރުން ބޮޑު ބެރާއި މިޔުޒިކްގެ ހަރަކާތްތައް ވެސް އޮންނާނެ ކަމަށާއި، އެފަދަ ހަރަކާތްތައް މި ފެސްޓިވަލްގައި ބައިވެރިވާ އެކި އެކި ރަށްރަށުން ހުށަހަޅާނެ ކަމަށާއި ތާރަ ޖެހުން ފަދަ ސަގާފީ ނެށުންތަކާއި ކުޅިވަރުތައް ހުށަހަޅާނެކަމަށާއި އަދި ކުރީ ޒަމާނުގައި ދިވެހިން ކައި އުޅުނު ކެއުންތައް ވެސް އެ ފެސްޓިވަލުން ފެނިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް އަމްރޫހު ވިދާޅުވީ ފެސްޓިވަލު ބޭއްވުމަށްޓަކައި މިހާރު ކައުންސިލްތަކާއި ވެސް މަޝްވަރާކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި މިހާތަނަށް ހަ ރަށަކުން ފެސްޓިވަލުގައި ބައިވެރިވާނެކަން އަންގާފައިވާކަމަށެވެ.

މި ފެސްޓިވަލުން ހާސިލު ކުރަން ބޭނުންވަނީ ރާއްޖޭގައި ކުރީ ޒަމާނުގައި އުޅުނު މީހުންގެ ދިރި އުޅުމާއި ގެންގުޅުން ތަކެތި މިހާރު ބޮޑެތި ވަމުން އަންނަ ޖީލަށް އަންގައިދިނުމާއި ނެތެމުންދާ އާދަތައް ދިރުވާއާލާކުރުން ކަމުގައި އަމްރޫހު ވިދާޅުވި އެވެ.

އަދި މިހަރަކާތް ކުރިއށްދާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިން އާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ވެސް އެންސީއޭ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް