ads
ސިވިލް ސާވިސް މުވައްޒަފުން މިއަދު ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖުގައ- ފޮޓޯ: ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަން
އިދާރާތަކުން ދެމުންދާ ހިދުމަތްތައް ހުއްޓާ ނުލުމަށް ސީއެސްސީ އިން އެދިއްޖެ
ހައްޤުތައް ބޭނުންކުރުމުގައި، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ސިވިލް ސާވިސް ކޮމިޝަނުން ނަސޭހަތްތެރި ވެއްޖެއެވެ.
Advertisement

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މި ކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި 

އެކޮމިޝަނުން ބުނީ މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަމަށެވެ. 

މި ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންދާކަމަށް އެކޮމިޝަނުގެ ނޫސްބަޔާނުގައިވެއެވެ. އަދި، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުން ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އޭގެ އިތުރުން އެކޮމިޝަނުން ބުނެފައިވަނީ ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ ބައެއް އޮޅިތަކުން އެކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ ހައްގުތައް ދިފާއު ކުރުމަށްޓަކައި ކަމަށްބުނެ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްޤުތައް ދިފާޢުކުރުމަށް ޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށް ދަނީ ޙަރަކާތްތެރިވަމުންނެވެ. މި ގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫނެވެ. މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް އެ ފަދަ ފަރާތްތަކުން ހިންގާ ޙަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް ކޮމިޝަ ނުން އިލްތިމާސްކުރަމެވެ. " ކޮމިޝަނުގެ ބަޔާނުގައިވެއެވެ. 

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަކި ބަޔަކު ނޭނގޭގޮތަށް ޙަރަކާތްތެރިވާ ފަރާތްތަކުން ފަތުރާ މަޢުލޫމާތުތައް މީޑިއާތަކުން އާންމުކުރުމުގައި، ކަމުގެ ހަގީގަތް ސާފުކުރުމާއެކު މަސްލަހަތު ނުގެއްލޭގޮތަށް ރިޕޯޓުކުރުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ. 

"ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ހިދުމަތްތައް ދިނުމުގައި، ހުރިހާ މުވައްޒަފުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ޝުކުރު ދަންނަވަމެވެ. އަދި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި ކޮމިޝަނުން ދެމިތިބޭނެކަމުގެ ޔަޤީންކަން ވެސް މި ފުރުޞަތުގައި އަރުވަމެވެ." ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް