ads
މެސީ ޕީއެސްޖީގެ ޗޭންޖިންގ ރޫމުގައި
ކަކުލަށް އަނިޔާވެ މެސީއަށް ދެން އޮންނަ މެޗު ނުކުޅެވޭނެ
ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީން ދެން ކުޅޭ މެޗުގައި މެސީ ނުކުޅޭނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޕީއެސްޖީން މިއަދު ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން މި ހަފުތާގައި އެ ކުލަބުން ކުޅޭ މެޗުގައި މެސީ ނުކުޅޭނެ ކަމަށެވެ. އަލުން އެނބުރި ކުޅުމުގެ ތެރެއަށް މެސީއަށް އާދެވޭނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ. ޕީއެސްޖީގެ މެޗެއް ދެން އޮތީ އޮންނާނީ މާދަމާ ރޭ ދަންވަރުއެވެ. މިއީ އެ ޓީމުން ރަށުން ބޭރުގައި ކުޅޭ މެޗެކެވެ.

އަންގާރަ ދުވަހު ހެނދުނު ހެދި އެމްއާރުއައިން މެސީގެ ކަކުލަށް އަނިޔާވެފައިވާކަން އެނގޭ. ސާޅީސް އަށްގަޑިއިރު ފަހުން އިތުރު ޓެސްޓްތައް ހަދައި ހާލަތު ވަޒަން ކުރެވޭނެ. އަނިޔާގެ ސަބަބުން ދެން އެންމެ ފުރަތަމަ ކުޅޭ މެޗުގައި މެސީ ނުކުޅޭނެ

އަނިޔާގެ ސަބަބުން ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި މެސީ ނުކުޅޭނެކަން ޔަގީންވެފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗުގެ ފަހުކޮޅު ބަދަލު ކުރުރުމުން މެސީވަނީ ހިތްހަމަ ނުޖެހި ޓީމުގެ ކޯޗާ ސަލާން ކުރަންވެސް ދެކޮޅު ހަދާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ޕީއެސްޖީއަށް ބަދަލުވި ފަހުން މެސީ ކުޅުނު ތިންވަނަ މެޗެކެވެ. ޕީއެސްޖީއަށް ތިން މެޗު ކުޅުނު އިރު މެސީއަކަށް އަދި ލަނޑެއް ނުޖެހެއެވެ. މެސީ ކުޅުނު ތިން މެޗަކީ ފްރެންޗް ލީގުގެ ދެމެޗާ ޗެމްޕިއަންސް ލީގުގެ މެޗެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް