ads
ދަގަނޑޭވަނީ މި މެޗުގައި ލަނޑު ޖަހާފައި
އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ދިވެހި ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ގަތަރުގެ ދެވަނަ ޑިވިޝަންގެ ޓީމެއް އަތުން ރާއްޖެ މޮޅުވެއްޖެއެވެ.

ސާފަށް ތައްޔާރުވުމަށް ގަތަރުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ގަތަރުގެ ލުސައިލް އެފްސީ އަތުން ހަތަރު ލަނޑު ތިން ލަނޑުންނެވެ. ލުސައިލް އެފްސީއަކީ ގަތަރުގެ ދެވަނަ ޑިވިޝަންގެ ޓީމެވެ. 

ހަތަރު ލަނޑު ތިން ލަނޑުން ރާއްޖެ މި މެޗުން މޮޅުވީ ފަހަތުން އަރައެވެ. މި މެޗުގައި ރާއްޖޭން ލަނޑުތައް ޖެހީ އަލީ އަޝްފާގު، އަލީ ފާސިރު އަދި އަލީ ހައިޝަމްއެވެ. އަލީ ހައިޝަން ދެ ލަނޑު ޖެހިއިރު، އަލީ ފާސިރުގެ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރުގައި ތިބި ދިވެހި ޓީމު އެނބުރި މާލެ އައުމުގެ ކުރިން އެކުވެރިކަމުގެ އެއް މެޗު އަދި ކުޅޭނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހު ކުޅޭ މި މެޗުވެސް ކުޅޭނީ ގަތަރުގެ ކުލަބަކާ ދެކޮޅަށެވެ. 

ސާފް ޗެމްޕިއަންޝިޕް ފެށޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. މާލޭގައި ކުޅޭ މި މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ރާއްޖޭން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް