ނޭހާ އާއި އޭނާގެ ފިރިމީހާ މިއުޒީޝަން ރޯހަން ފްރީތު ސިންގް އާ ކައިވެނި ކުރީ ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ކައިވެންޏަށް ފަހު މާގިނަ މަސްތަކެއް ނުވަނީ އޭނާ އިންސްޓްގްރާމް އަށް ލީ ފޮޓޯ އަކުން ދެކެވެންފެށީ ނޭހާ ބަނޑުބޮޑުވި ވާހަކަ އެވެ.
އެހެން ނަމަވެސް އެވާހަަކަތައް ދޮގު ކުރަމުން ނޭހާ ބުނީ އެއީ ފިރިމީހާގެ ލަވަ އެއް ޕްރޮމޯޓްކޮށްލަން ޖެއްސި ސްޓަންޓެއް ކަމަށާއި ހަގީގަތުގައި އަދި ބަލިވެ ނީންނަ ކަމަށެވެ.
ކައިވެނި ކުރި އިރު އަވަހަށް ދަރިއަކު ހޯދަން ނުވިސްނާ ކަމަށާއި ބަނޑު ބޮޑު ވެއްޖެ ނަމަ ސިއްރު ނުކޮށް ފޭނުންނަށް އެކަން ހާމަކޮށްދޭނެ ކަމަށް ވެސް ނޭހާ ބުނެފައިވެއެވެ.
ނޭހާ އާއި ރޯހަން ކައިވެނި ކުރީ މާ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެއް ނޫނެވެ. އޭނާ މީގެ ކުރިން ދިން އިންޓަވިއުތަކެއްގައި ބުނެފައިވަނީ އޭނާ ރޯހަން އަށް ފުރަތަމަ ނަޒަރުން ހިތްކީ ކަމަށާއި ރޯހަން ފަދަ ފިރިއެއް ލިބުނީތީ މިއަދު ޝުކުރުވެރިވާ ކަމަށެވެ.