ads
ފިލްމީތަރި އާޝާ…ފޮޓޯ/އިންސްޓަގްރާމް
އާޝާ ދައްކާލި ހުނަރުން ޝިކާރަނުވާ ހިތެއް ނެތް!
އުފަންދުވަހުގެ ހަދިޔާ އެއްގެ ގޮތުން އަމިއްލަ އަށް ޕްރިޑިއުސްކޮށް/އެކްޓްކޮށް ފިލްމީ ތަރި އައިމިނަތު ރަޝްފާ ނެރުނު ވީޑިއޯ ލަވަ "ޝިކާރަ" އަށް ބޮޑު ތަރުހީބެއް ލިބި ދިވެހިންގެ ތެރޭގައި ވައިގަ ހިފައިފިއެވެ.
Advertisement

އާޝާ އާ އެކު އަހުމަދު އީސަ (އާނަންދު) ލަވައިން ފެނިގެންދިޔަ އިރު ލަވަ ރިލީޒްކުރިތާ ފަސް ދުވަސް ތެރޭ 46 ހާހަށް ވުރެ ގިނަ މީހުން ޔޫޓިއުބް މެދުވެރިކޮށް އެކަނި ވެސް ލަވަ ބަލާފައި އެވެ. 

ޔޫޓިއުބްގެ އިތުރުން ފޭސްބުކް އަދި ދިވެހިންގެ ތެރޭގައި ވެސް މިހާރު މަގުބޫލް ޓިކްޓޮކްގައި ވެސް މިދުވަސްކޮޅު މުޅިން ހެން އޮތީ ލަވައިގެން މަންޒަރުތަކެވެ. ވުމާއެމު ޔަގީންވާ ކަމަކީ އާޝާގެ މި ލަވައިން ގިނަ ބައެއްގެ ހިތް "ޝިކާރަ" ކޮށްފިކަމެވެ. 

އެލަވައިގައި އާޝާ ދައްކުވައިދިން މޮޅު އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަ އެންމެން ވެސް އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.

މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި ޝަލަބީ އިބްރާހީމްގެ އަޑުން ހުށަހަޅައިދީފައިވާ އެ ލަވަ އަކީ ހިތްގައިމު ލޯބީގެ ލަވަ އެކެވެ. ލަވައިން ދައްކުވައިދެނީ ބަދަލެއް ހިފުމުގެ ގޮތުން މަކަރުވެރިކަން އިސްކޮށް އަންހެން ކުއްޖެއް ފިރިހެނެއްގެ އިހުސާސްތަކާއި ކުޅެލި ގޮތެވެ.

ފެޝަން ޑިޒައިނަރު ސޭންޑީ ޑައިރެކްޓްކޮށްފައިވާ "ޝިކާރަ" ގެ މަންޒަރުތައް ކ. މާފުށި އަދި މާލެގެ އިތުރުން ހުޅުމާލޭގައި ނަގާފައިވާ އިރު ފެނިގެންދަނީ ބެލުންތެރިންގެ ނަޒަރު ހުއްޓޭ ފަދަ ހިތްގައިމު މަންޒަރުތަކެކެވެ.

ތަރުހީބު ބޮޑުވެފައިވާ "ޝިކާރަ" އަކީ އާޝާ އަމިއްލަ ޕްރޮޑިއުސްކޮށް ނެރުނު ދެވަނަ ލަވަ އެވެ. ފުރަތަމަ ލަވަ އަކީ މިދިޔަ އަހަރު އުފަންދުވަހު ނެރުނު "ގުނަމުން މިދާ" އެވެ.

މަޝްހޫރު އެކްޓަރު ޖިމައިހް އާއެކު އާޝާ ފެނިގެން ދިޔަ އެ ލަވަ އަކީ ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ލަވައެއްކަން ފާހަގަކޮށްލެވެއެވެ. 

20%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
52%
ވަރަށް ސަލާމް
ކޮމެންޓްސް