ads
ފިޔަވަތި: ތިމާގެ ޒިންމާއެއް އެބައޮތްތަ؟
މީގެ ތިން އަހަރު ކުރިއެވެ. މީގެ ދެ އަހަރު ކުރިއެވެ. މީގެ އެއްއަހަރު ކުރިއެވެ. މިއަހަރުއެވެ. މިއަހަރު ކުރީ ކޮޅެވެ. މިއަހަރު މެދު ތެރެއެވެ. ފިޔަވަތީގެ ފުރާޅު މައްޗަށް ކުދީން އަރާ ވާހަކައެވެ. އެންމެ ފަހުން މިމަހުއެވެ. ހަމަ ފިޔަވަތީގެ ފުރާޅު މައްޗަށް ކުދީން އަރާ ވާހަކައެވެ. ފަސޭހައިން ވީޑިއޯ ކޮށްލެވެއެވެ. އެއަށްވުރެ ފަސޭހައިން ސޯޝަލް މީޑިއާ އަށް ދޫކޮށްލެ ވެއެވެ. މާބޮޑު ވިސްނުމެއް ނެތެވެ.
Advertisement

2019 ވަނަ އަހަރުގެ ފަހުކޮޅު ފިޔަވަތީގައި ދިރިއުޅެމުންދާ ތިން ކުއްޖަކު ފުރާޅުމަތީ ތިއްބާ ފެނިގެން ފުލުހުންގެ އެހީތެރިކަމާއެކު އެތަނުން އެ ކުދިން ބާލުވާފައި ވެއެވެ. މިއަދުވެސް މިޖެހެނީ އެކަހަލަ މައްސަލަތަކެކެވެ.

"އަސްލު ވާގޮތަކީ ބައެއްމީހުން އެކަންކަން މާބޮޑު ކޮށްލަނީ . އެހެންހެދީމަ އެކުދިންނަށްވެސް އެހެންކަހަލަ ހިތްވަރެއް ލިބެނީ. އެހެން ދަމުން ދަމުން ގޮސް ކަންކަން ހަލާކުވަނީ "އެދާއިރާގައި 11 އަހަރު މަސައްކަތް ކޮށްފައިވާ މީހަކު ބުންޏެވެ.

އިހަކަށް ދުވަހު ހުޅުމާލޭ ފިޔަވަތީގައި ވަނީ ކަންތައްތަކެއް ހިނގާފައެވެ. ހަމަ ފުރާޅުމައްޗަށް ކުދިން އެރިއެވެ. ފަހުން ނުރަނގަޅު އެތައް ކަމެއް ކުރުމަށްފަހު އެތަނުގައި ހުޅުވެސް ވަނީ ޖަހާފައެވެ. 

މިކުދިންގެ އުޅުމަށް ކުއްލިއަކަށް މިއާ ބަދަލާއިބެހޭ ގޮތުން ސީއެންއެމް އާއި ވާހަކަދައްކަމުން ރާއްޖޭގެ މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް އައިޝަތު އަލީ ނާޒް ވިދާޅުވަނީ އެ ނުރަނގަޅު ކަންކަމުގެ ބިއްދޮށުގައި ވަނީ ކޮންކަންތައް ތަކެއްތޯ ބެލުން މުހިންމު ކަމަށެވެ.

އެކުދިންގެ ބޭނުންތަކަކީ ކޮބައިތޯ ބަލައި އެކުދިން މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް ބުރަ ބޮޑު މަސައްކަތްތަަކެެއް ކުރަންޖެހޭ ކަމަށެވެ.

މިއަދު ފިޔަވަތިން ފެންނަ ކަންތައްތަކަކީ އެތައް ދުވަހަކުންސުރެ އެކުދިންގެ ހަށިގަނޑުގައި ބިލްޑުވަމުން އައި ކަންތައްތަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި މިއީ އެކަންކަން ހައްލުކުރަން ވީ ދަނޑިވަޅުތަކުގައި އެކަމަށް އަޅައި ނުލައި ދޫކޮށްލެވުމުގެ ސަބަބުން ނިކުން ނަތީޖާއަކަށް ވުން އެކަށީގެންވާ ކަމެއް ކަމަށެވެ. 

your imageކުޑަކުދިން ގެ ހިޔާ 

މުޖުތަމައުގައި ހާއްސަ ސިފަތަކެއްހުރި ކުދީންތަކެއް އެބަތިއްބެވެ. ޔަތީމު ކުދީން ނެވެ. މައިންބަފައިންގެ އަޅާލުން ނުލިބި ތިބި ކުދީންނެވެ. ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހިފައިވާ ކުދީންނެވެ. އެކުދީން ބެލެހެއްޓުމަށް މައިންބަފައިންގެ ގާބިލިއްޔަތު ކަމެއް ލިބިފައި ނުވާ ކުދީންނެވެ. މީނޫންވެސް މިފަދަ އެތައް ކެޓަގަރީ އަކަށް ފެތޭ ގިނަ އަދަދެއްގެ ކުދީން ހިމެނެއެވެ. ފިޔަވަތި ފަދަ ތަންތަނަކީ އެފަދަ ކުދިންނަށްޓަކައި ހެދިފައިވާ ތަންތަނެވެ. 

ފިޔަވަތީގައި ތިބީ ރާއްޖޭގެ އެކި ސަރަހައްދު ތަކުން ގެނެސް އެތަނަށް ލެވިފައިތިބި ކުދިންނެވެ. އެކުދީން އުޅެފައިވަނީ ތަފާތު މާހައުލު ތަކެއްގައެވެ. ތަފާތު މަރުހަލާތަކެއް ކަޑައްތު ކޮށްފައިވާ ކުދީންނެވެ. ޑރ. ނާޒް ވިދާޅުވީ އެކުދީންނަށް ފަރުވާ ދިނުމަށް ހާއްސަ ތަމްރީންތަކެއް ހަދާފައިތިބި ތަޖްރިބާހުރި، ހާއްސަ ހުނަރު ހުރި ބަޔަކު ބޭނުންވަނީ އެހެން ވެގެންކަމަށެވެ. 

" އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑުމެން ރިވިއު ކޮށްލަންވެއްޖެހެން މިކަން މިހާ ހިސާބަށް ދާންޖެހެނީ ކީއްވެކަން. އަޅުގަނޑުމެންނަށް ނުކުރެވިގެން މިއުޅެނީ ކޮންކަމެއްތޯ ބަލާލަން ވެއްޖެހެން އަޅުގަނޑަށް ހީވަނީ. ދުނިޔޭގެ އެހެން ގައުމުތަކުގަ މިކަން ކުރަނީ ކިހިނެއްތޯ ބަލާލަން ވެއްޖެހެން އަޅުގަނޑަށް ހީވަނީ" ޑރ. ނާޒް ވިދާޅުވިއެވެ.

މިފަދަ މަރުކަޒު ތަކުގައި ތިބޭ ކުދިން ދޭތެރެ ދޭތެރެއިން ފިލައިގެންވެސް އުޅެއެވެ.

އެގޮތުން "ޝެލްޓާ މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ" ގެ ނަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ހިންގުމަށްޓަކައި ލަފާ އާއި މަޝްވަރާ ދޭ ހާއްސަ ކޮމިޓީއެއް ޖެންޑާ މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ. އަދި އެކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ތިބޭ މަރުކަޒުތައް ކަމުގައިވާ ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ ހިންގުން ހަރުދަނާ ކުރުމާއި އެ ތަންތަނަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ލަފާދިނުން ހިމެނެ އެވެ. އެހެންނަމަވެސް އެކޮމިޓީން ކުރާ މަސައްކަތްތަކެއް އެނގޭކަށް ނެތެވެ.

your imageކުޑަކުދިންތަކެއް މަޑި އަރުވަނީ

ކުޑަކުދީން ބަލަހައްޓާ ތަންތާގައި ހިނގާ ބައެއް ކަންކަމަކީ އެހާ ބޮޑުނޫން ކަންކަމެވެ. އެހެންނަމަވެސް އެކަންކަން މުޖުތަމައުގެ ބައެއް މީހުންގެ ސަބަބުން ބޮޑެތިވެގެންދާ ކަންކަމެވެ. އަޅުގަނޑުމެން ގޭގައި ވެސް ބައެއްފަހަރު އުސްތަންތަނަށް އަރާހިތްވާ ކުދިން އުސްތަންތަނަށް އަރައެވެ. އަދި އާދަޔާ ހިލާފް ކަންކަން ކުރާ ކުދިން އުޅެއެވެ. އެހެންނަމަވެސް އެއީ މައްސަލައަކަށް ނުވެއެވެ. މައްސަލަ އަކަށް ނަހަދާތީއެވެ. އެކަމަކު ހިޔާފަދަ ތަންތާގައި އެފަދަ ކަމެއް ހިނގުމުން އަޅުގަނޑުމެންގެ އާދަ ހުންނަގޮތުން ފޮޓޯ ނެގެއެވެ. ވީޑިއޯ ކުރެވެއެވެ. އެވީޑިއޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލެވެއެވެ. ކުދިންގެ ހުރުމަތަކަށް ބަލާނުލައިވެސް އެފަދަކަންކަން ކުރެވެއެވެ. އެހެންކަމުން އެއީ އެންމެ ރަނގަޅަށް ކުރެވޭ ކަންކަން ކަމުގައި ބުނެވޭކަންނޯންނާނެއެވެ. ތެދެކެވެ. ސިޔާސަތު ތަކަށް ފާޑު ކިއުމަކީ ވަރަށް ފަސޭހަކަމެކެވެ. ފާޑު ކިއުމަށްޓަކައި އެއްވެސް މީހަކު ދިރާސާއެއް ނަހަދައެވެ. 

" އެމީހަކު އަމިއްލައަށް އެމީހެއްގެ ނަފްސާ ސުވާލުކޮށްލަމާހޭ ތިމަންނަ މިކުދިންގެ ހާލަތު ރަނގަޅު ކުރުމަށް ކުރަނީ ކޮން ކަމެއްތޯ؟ ކަމެއް ކޮށްދެވިއްޖެތޯ؟ " ޑރ ނާޒް ވިދާޅުވިއެވެ.

ވަރަށް ރަނގަޅު ވާހަކަ އެކެވެ. އަމިއްލަ ފަރުދީ ހައިސިއްޔަތުން އެތަނުގެ ކަންކަން ރަނގަޅު ކުރުމަށް ކުރީ ކޮންކަމެއް ހެއްޔެވެ؟ މަދަނީ ޖަމިއްޔާއެއްގެ ހައިސިއްޔަތުން ތިޔަ ޖަމިއްޔާއިން ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން ކޮށްދިނީ ކޮންކަމެއްހެއްޔެވެ؟ ސިޔާސީ ޕާޓީ އެއްގެ ހައިސިއްޔަތުން ތިޔަ ޕާޓީން ކޮށްދިނީ ކޮން ކަމެއްހެއްޔެވެ؟ ކަންކަން ކުރާ ފަރާތްތައް އެއްވެސް ވަރަކަށް ނެތޭ ބުނަނީކީ ނޫނެވެ. އެކަމަކު ކަމެއް ދަމެއް ބޮޑުވެގެން ދިއުމުން މަގުމައްޗަށް ނިކުމެ އަޑުގަދަކުރުމަކީ ކޮންމެ ކަމެއްގެ ހައްލަށް ނުވެ ހިނގައިދާނެވެ. މިގައުމުގެ ކޮންމެ ކުއްޖަކީ އަމިއްލަ ދަރިއެއްކަމުގައި ދެކިގެން، އެ ކުލުނާއި، އެލޯބި ދޭން ޖެހެއެވެ. 

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް