
އޭނާގެ ދަރިފުޅު އުފަންވެފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ދެމަސް ފަހުން އެކަން އިއުލާންކޮށް ދިއާ ވަނީ ދަރިފުޅުގެ ނަންވެސް ހާމަކޮށްފައެވެ.
ދަރިފުޅުގެ ނަމަކީ އަވްޔާން އާޒާދް ރެކީ އެވެ. ދަރިފުޅު ވިހެއިރު ދަރިފުޅުގެ ސިއްހީ ހާލަތު ރަނގަޅު ނުވުމުން ދަރިފުޅަށް މިދިޔަ ދުވަސްތަކުގައި ދިޔައީ އައިސީޔޫގައި ފަރުވާދެމުންނެވެ.
ދިއާ ބުނީ ބަނޑުބޮޑުވެފަައިވަނިކޮށް އިންފެކްޝަނެއްގެ ސަބަބުން ކުރިމަތިވި ސިއްހީ ނުރައްކާތެރިކަމުގެ ސަބަބުން ދަރިފުޅު ނެގީ އެމަޖެންސީ ސިޒޭރިއެެއް ހަދައިގެން ކަމަށެވެ.
އެފަހުން މިފަހުން ކުރި ޕޯސްޓެއްގައި އޭނާ ވަނީ ދަރިފުޅު އުރައިގެން ހުރި ފޮޓޯއަކާ އެކު ދަރިފުޅު ގެއަށް ގެނައިކަން އިއުލާންކޮށްފައެވެ.
ސިއްހީ ސަބަބުތަކާއި ހެދި ދަރިފުޅު ދިޔައީ މިވޭތުވި ދުވަސްތަކުގައި އައިސީޔޫގައި ޑޮކްޓަރުންގެ އެހީތެރިކަމާއިއެކު ފަރުވާ ހޯދަމުންނެވެ. މިއީ ވިހޭ ފަހުން ދަރިފުޅު ގެއަށް ގެންނަން ފުރުސަތު ލިބުުނު ފުރަތަމަ ފަހަރެވެ.
ވިހޭތާ ހަތަރު މަސް ފަހުން ދަރިފުޅު ގެނެވުމާ އެކު ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ދިއާ ވަނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ދިއާ ބުނީ އޭނާގެ ދަރިފުޅަކީ އިހްލާސްތެރިކަމާ އެކު ހިތުގެ އަޑިން ކުރާ ދުއާ އަޑުއައްސަވާ ކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ.