ads
ކޮވިޑާ ބެހޭ ގޮތުން ބޭއްވި ސާކްގެ ބައްދަލުވުން
ތާލިބާނުން ބައިވެރި ކުރަން އުޅުމުން ސާކް ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލްކޮށްފި
ހޮނިހިރު ދުވަހު ނިއުޔޯކުގައި ބާވަން އޮތް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން، ޕާކިސްތާނުން ތާލިބާނުން ބައިވެރި ކުރަން އުޅުމުން ކެންސަލްކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ ޕްރިންޓް" އިން ބުނީ ޕާކިސްތާނުން ބޭނުންވީ އަފްޣާނިސްތާނު ތަމްސީލު ކުރުމަށްޓަކައި ތާލިބާނުން ސާކުގެ ބައްދަލުވުމުގައި ބައިވެރި ކުރަން ކަމަށެވެ. އެހެންނަމަވެސް އިންޑިއާއާއި ބައެއް އެހެން ގަުމުތަކުން އެކަމާ ވަނީ ދެކޮޅު ހަދާފައެވެ. 

އެހެންކަމުން ބައްދަލު ވުން ވަނީ ކެންސަލް ކޮށްފައެވެ. އދ. ގެ އާއްމު ބައްދަލުވުމުގެ ހަވާސާގައިބޭއްވޭ މިބައްދަލުވުމުގެ ހޮސްޓަކަށް މިފަހަރު ހަމަޖައްސާފައިވަނީ ނޭޕާލްއެވެ.

އަފްއާނިސްތާނުގައި އޮތް ތާލިބާނުންގެ ވެރިކަން ދުނިޔެއިން ގަބޫލެއް ނުކުރެއެވެ. އަދި އދ. އިންވަނީ އެ ކެބިނެޓަކީ ޓެރަރިސްޓުން ކަމަށް ނިންމާފައެވެ. އަފްގާނިސްތާނުގެ ތާލިބާނުންގެ ފޮރިން މިނިސްޓަރު އާމިރުހާން މުއްތަގީ އަށް އދ. ގެ އެއްވެސް ބައްދަލު ވުމެއްގައި ބައިވެރި ވެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. 

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ އަފްގާނިސްތާނުގެ ސަރުކާރަކީ އެއްމެނަށް ފުރުސަތު ދޭ ސަރުކާރެއް ނޫން ކަމަށާއި، އަފްގާނިސްތާނުގައިވާ ސަރުކާރު ބަލައިގަތުމުގައި ދުނިޔެ ވިސްނަން ޖެހޭނެ ކަމަށެވެ.

ސާކް އަކީ ސައުތު އޭޝިއާގެ އަށް ގައުމު ކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް ، ޕާކިސްތާން އަދި ސްރީލަންކާ ހިމެނޭހެން ހެދިފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.

ގިނަ ގައުމުތަކުން ބޭނުންވީ އަފްގާނިސްތާނު ތަމްސީލު ކުރަން ހުސް ގޮނޑިއެއް ބެހެއްޓުމަށެވެ. ނަމަވެސް ޕާކިސްތާން އެގޮތަށް އެއްބަސް ވެފައި ނުވާކަމަށް އިންޑިއާގެ ނޫހުން ބުނެއެވެ. 

އދ ގެ މިދައުރުގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް