ads
އިކްރާމް ހަސަން--
ކޮންމެ އަތޮޅެއްގައި ޕަބްލިކްވޯކްސް ޔުނިޓެއް ހުންނަން ޖެހޭ: އިކްރާމް
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި، އަތޮޅުކައުންސިލްގައި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމްވާން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ވަރަށް ގިނަ ރަށްރަށުގައި ދަނީ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުންނެވެ. އަދި ބައެއްރަށްރަށުގެ ޖެޓީ އެއްގޮތަކަށް ބޭނުން ނުކުރެވޭ ހާލަތަށް ވެސް އައިސްފައިވެއެވެ. އަދި އެތަންތަން ހެދުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަނީ ވަރަށް ލަހުންނެވެ. 

އެހެންވެ މެންބަރު ވިދާޅުވީ އެމަސައްކަތްތައް ކުރުމަށްޓަކައި އަތޮޅު ކައުންސިލް ތަކުގައި އެފަދަ މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އިކްރާމް ވިދާޅުވީ އަތޮޅުކައުންސިލްތަކުގައި ޕަބްލިވޯކްސް ޔުނިޓެއް ގާއިމް ކުރަން ޖެހޭ ކަމަށާއި އަދި މަސައްކަތްކުރާނެ ސާމާނު ދޭން ޖެހޭ ކަމަށެވެ. ދޭން ޖެހެނީ ޑްރެޖަރަކާއި، އެކްސްކަވޭޓަރަކާއި، ލޯޑަރަކާއި، ލޮރީއެއްކަމަށެވެ. އަދި އެތަކެއްޗަށް ދާނެ ހަރަދަކީ ދިހަ މިލިޔަން ރުފިޔާވަރު ކަމަށްވެސް އޭނާ އަންދާޒާ ކުރައްވައެވެ. 

"ކޮންމެ އަތޮޅަކަށް މިތަކެތި ދީފައި އެއަތޮޅެއްގެ ރައްޔިތުން ނުވަތަ ކައުންސިލު ލައްވާ އެކަން ކުރަން މަސައްކަތް ކޮށްފިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ. އޭރުން އަތޮޅު ކައުންސިލް ގެ ބެލުމުގެ ދަށުން މިކަންކަން ކުރުވޭނެ" މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ފަޅެއް ހިއްކަން ޖެހުނަސް ، ބޯޗެއް ބޮޑުކޮށްލަން ޖެހުނަސް އަދި އެނޫނަސް އެހެން ހުންނަ ކަންކަން އެއަތޮޅަކުން ކޮށް ނިންމާ ލެވޭނެ ކަމަށެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ރަށްރަށުގެ އިހްތިސާސް ހެޔޮ ގޮތުގައި ބޭނުން ކުރުމަށްވެސް މި ވަސީލަތްތައް އެ އަތޮޅުތަކަށް ފޯރު ކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް