އިދިކޮޅު ކޯލިޝަންގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ހިޔާނާތުގެ ފައިސާ ނެގީ އެމްޑީޕީ މީހުން ކަމަށެވެ. ޕީޕީއެމް މީހުންނަށް ފައިސާ ދޭކަށް ނުޖެހޭނެ ކަމަށާއި، ޕީޕީއެމްއަށް އިންތިހާބުތަކަށް ބޭރުގެ އެކި ފަރާތްތަކުންނާއި ވިޔަފާރިވެރިން ދޭ ފައިސާ އޭރު ހުރީ ކުރީގެ ނައީބް ރައީސް އަހުމަދު އަދީބު އަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް މެމްބަރުން ވޯޓް ދޭނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވޯޓް ދޭން ނިންމި ގޮތަށް ކަމަށާއި، އަދި ސަަރުކާރުން ފޮނުވާ ބިލްތަކަށް ސަރުކާރުން ފެންނަ ގޮތަކަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ޕީޕީއެމް މެމްބަރުން ރިޝްވަތުގައި ހިފާކަށް ނުޖެހޭނެ ކަމަށެވެ.
"އެމްޑީޕީ މީހުން ރިޝްވަތުގައި ހިފީ. އެހެންވީމާ އެމީހުންގެ އެއްވެސް މައްސަލައެއް ނުބަލާ މިބަލަނީ ކޮންބައެއް؟". ކުރީގެ ޕީޖީ ލީޑަރު ނިހާނުގެ މައްސަލަ. މިހާރުގެ ޕީޖީ ލީޑަރުގެ މައްސަލަ. ދެން އެއާ ޖެހިގެން ހުރި މީހާގެ މައްސަލަ. އެންމެ ފުރަތަމަ ބެލީ ރައީސް ޔާމީން،. ދެން އޭރުގެ ނައީބް ރައީސް ޖިހާދު، ދެން ގޮސް އޭގެ ތިރިއެއް ނޫންތޯ މި އަންނަނީ. އެހެންވީމާ މިވަރުގެ ބައެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ އިނގޭތޯ. މި ހުރިހާ ފައިސާއެއް. މިބުނާ 1.2 ބިލިއަން ރުފިޔާ ވީ އެމްްޑީޕީ މީހުންގެ އަތުގައި" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެމްޑީޕީ މީހުން ހިޔާނާތުގެ ފައިސާ ނެގީ އެއީ "ވަގު ފައިސާކަން" އެނގުނު ފަހުން ކަމަށެވެ. އެހެންވީމާ އެ ފައިސާ ނަގަން ޖެހޭނީ އެމީހުންގެ އަތުން ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ މިހާރުގެ ޕްރޮސެކިއުޓާ ހުސައިން ޝަމީމް އަދީބުގެ ލޯޔަރަކަށް ހަމަޖެއްސި އިރު އޭނާއަށް ދިން ފީ އަކީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ދިން ފީއެއް ކަމަށް ތުހުމަތުކޮށްފައެވެ.