ads
ރަޔަން ރެނޮލްޑްސް އަދި ކަންގަނާ ރަނާވަތު
ބޮލީވުޑް ފިލްމުތައް ނުހިނގާތީ ކަންގަނާ ފާޑުކިޔުން ބޮލީވުޑަށް
ފަހަކަށް އައިސް ބޮލީވުޑް ފިލްމުތަކަށް ނެރޭ އާންމުދަނީ ދަށްވާތީ ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާވަތު ހޮލީވުޑަށް ފާޑުކިޔައިފި އެވެ.

ޑެޑްޕޫލްއިން ބޮޑު މަޝްހޫރުކަމެއް ހޯދި ހޮޮލީވުޑްގެ ތަރި ރަޔަން ރެނޮލްޑްސްގެ ޕޯސްޓަކަށް ކަންގަނާ އެހެން ބުނެފައިވާއިރު ރަޔަން ވަނީ އޭނާގެ ޕޯސްޓްގައި ހޮލީވުޑް އިން މިހާރު އަންނަނީ ބޮލީވުޑް ކޮޕީ ކުރަމުން ކަމަށް ބުނެފައެވެ.

އެކަމަށް ރައްދު ދެމުން ކަންގަނާ ބުނެފައިވަނީ “އަދި ސިނަމާތައް ވެސް ވަގަށް ނަގަމުން” ކަމަށް ބުނެފަ އެވެ.

 އެންމެ ފަހުން އިންޑިއާގައި ރިލީޒް ކުރި މާވެލް ސްޓޫޑިއޯސްގެ ފިލްމު “ޝޭންގްޗީ” އެން ދަ ޓެން ރިންގްސް” އަށް ވަނީ ބޮކްސް އޮފީހުގައި ފުރަތަމަ ދުވަހު 3.25 ކްރޯޑް ރުޕީސް ލިބިފައެެވެ. 

ނަމަވެސް ބޮލީވުޑް ފިލްމު ބެލް ބޮޓަމް އަށް ލިބިފައިވަނީ 2.7 ކްރޯޑްގެ އާމްދަނީއެކެވެ. އަދި ކަންގަނާގެ ފިލްމު ތަލާވީއަށް ލިބުނީ އެންމެ 1.25 ކްރޯޑްގެ އާމްދަނީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް