ads
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ )ގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ އަބޫބަކުރު
މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާ ޖެހުން އިތުރުވާތީ ސަމާލު ވުމަށް އަންގައިފި
މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާ ޖެހުން އިތުރު ވަމުންދާތީ އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފއިެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

"ކޮވިޑް-19އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން، ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިއްމެވެ." އެޗްޕީއޭގެ ނޫސް ބަޔާނުގައިބުނެފައި ވެއެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކުރާ އަދަދު އިތުރުވަމުން އަންނަ ކަމަށް އެ އެޖެންސީގެ ހިސާބުތަކުން ދައްކާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ. މިގޮތުން، ސެޕްޓެމްބަރު މަސް ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ވަނީ ރިޕޯރޓްކޮށްފައިވާކަމަށައި،  މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ބުނެފައިވެއެވެ.

 އަރިދަފުސް ރޯގާގެ އިތުރުން، ފާއިތުވެ ދިޔަ މަސްތަކުގައި ރިޕޯރޓްކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު، އިންފްލުއެންޒާ އަށް ޕޮޒިޓިވް ވާ އަދަދުވެސް ގިނަވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި، މި ގޮތުން ސެޕްޓެމްބަރު މަސް ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފްލުއެންޒާ A އަށް ޕޮސިޓިވްވެފައިވާ ކަމަށްވެސް އެ އޭޖެންސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް