ads
އުތުރު ކޮރެއާއިން ޓެސްޓު ކުރި މިސައިލް-
އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓުކޮށްފި
އަންގާރަ ދުވަހު ހެދުނުގެ ވަގުތެއްގައި އުތުރު ކޮރެއާއިން ޝޯޓް ރޭންޖު މިސައިލެއް ޓެސްޓުކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.
Advertisement

އުތުރު ކޮރެއާއިން މި މިސައިލް ޓެސްޓުކޮށްފައި މިވަނީ އެގައުމުން އދ އަށް ކަނޑައަޅައިފައިވާ މްންދޫބް ކިމް ސޮންގް އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވިތާ ކުޑައިރުކޮޅެއް ކުރިންނެވެ. 

ނިއުޔޯކްގައި ހުރެގެން ތަގްރީރުކުރައްވަމުން ސޮންގް ވަނީ ދެކޮރެއާގެ މެދުގައި އުފެދިފައިވާ ބައިބައިވުން ފާހަގަކޮށްފައެވެ. އަދި އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވުން އޭނާ ކުށްވެރިކުރި އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ދެކުނު ކޮރެއާއިން ވަނީ އެގައުމުގައި އުފެއްދި އާ ސަބްމެރިންއެއް ބޭނުން ކުރަން ފަށާފައެވެ.

މީގެ ކުރިން ސެޕްޓެމްބަރު 11 އަދި 12 ވަނަ ދުވަހު އެގައުމުން ކްރުޒް މިސައިލްތަކެއް ޓެސްޓުކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފައި ވެއެވެ. 

އޭގެ ފަހުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ދެކުނު އަދި އުތުރު ކޮރެއާއިން ވެސް ވަނީ ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދައްތާފުޅު ކިމް ޔޮ ޖޮންގް ވަނީ ދެ ކޮރެއާ ދެމެދުގައި އޮންނަ ގުޅުން އަލުން ބަދަހި ކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. 

ބައިނަލް އަގްވާމީ ގާނޫނުތަކުން ދެކުނު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓު ކުރުން ވަނީ މަނާކޮށްފައެވެ. އަދި ދެކުނު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެސްޓު ކުރާ ކޮންމެ ފަހަރަކު އެހެން ގައުމުތަކުން އެގައުމަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް