ads
މެންބަރަކާއެކު ފުރަން ދާ އޭނާގެ ރަށްޓެހިންނަށް ވެސް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ހެދި ޢާންމު ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގެ ތެރެއިން--
މަޖިލިސް މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް އެއާޕޯޓުން ވީއައިޕީ ހިދުމަތް
މަޖިލިސް މެންބަރަކާއެކު ފުރަން ދާ ރަށްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

ކުރިން އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް ބިލު ކުރާނީ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯއްދެވުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. 

"ސީއެންއެމް"އަށް މައުލޫމާތު ލިބިފައިވާ ގޮތުން މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން ސިއްރުކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމާ ފާސްކޮށްފައެވެ. މައުލޫމާތު ލިބޭގޮތުން އެގޮތަށް ނިންމާފައިވަނީ އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ އެވެ. 

މި ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ. އެފަދަ ނިންމުމެއް ނިންމާ ހިދުމަތް ބަދަލުކުރުމަށް ކޮމެޓީގެ ވޯޓާއިއެކު ފާސްކުރުމުން އެނިމުނީއެވެ. އެ ނިންމުން ކޮމެޓީގައި ވަނީ ފާސްވެފައެވެ. 

ނަމަވެސް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސީއެންއެމްއަށް ވިދާޅުވީ، އެކަން އެގޮތަށް ކުރިއަކަ ނުދެއްވާނެ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ސަމާލުކަމަށްވެސް ގެންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އާއްމު ކޮމެޓީއަކީ އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ކޮމެޓީއެކެވެ.

އާއްމު ކޮމެޓީގައި ހިމެނެނީ

  1. ހެންވޭރު ހުޅަނގު ދާއިރާ އެމްޑީޕީ މެމްބަރު ހަސަން ލަތީފް (މުގައްރިރު)
  2. ތޮއްޑޫ ދާއިރާ އެމްޑީޕީ މެމްބަރު ހަސަން ޝިއާން (މުގައްރިރުގެ ނައީބު)

  3.  މާފަންނު ދެކުނު ދާއިރާ އެމްޑީޕީ މެމްބަރު އާދަމް ޢަލީ

  4. ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު 

  5. އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން

  6. ކުރެންދޫ ދާއިރާ އެމްޑީޕީ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް

  7. ފުވައްމުލަކު އުތުރު ދާއިރާ އެމްޑީޕީ މެމްބަރު މުޙައްމަދު ރަޝީދު

  8. ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު މުމްތާޒް

14%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް