ads
ޕަރިނީތީ ޑައިވިން ސޫޓުގައި
ޕަރިނީތީ ރާއްޖޭގެ ކަނޑު އަޑީގެ ރީތި މާހައުލުގައި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ދާދި ފަހުން ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް ފައެވެ.
Advertisement

އެހެން ފަހަރުތަކަށްވުރެ ދިގު ޗުއްޓީއެއް ހޭދަކުރުމަށް އައި ޕަރިނީތީ ރާއްޖެ އައިސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. 

އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ މާމުނާގައު ރިސޯޓުގައެވެ.

ނަމަވެސް ކުރިއަށް އޮތް ހަތް ދުވަހު އޭނާ ހޭދަކުރާނީ ބޯޓެއްގައި ކަމަށް އޭނާ ބުނެއެވެ. ޕަރިނީތީ ބުނީ އޭނާ ބޯޓުގައި ޗުއްޓީ ހޭދަކުރާ ދުވަސްތަކުގައި ކުރާ ކަމަކީ ސްކޫބާ ޑައިވިންގައި ކަމަށެވެ. އަދި އެއީ އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ކަމަށް އޭނާ ބުނެއެވެ.

އޭނާ ސޯޝަލް މީޑިއާގައި ޗުއްޓީގެ ދުވަސްތައް ހޭދަ ކުރާގޮތުގެ ފޮޓޯތައް ހިއްސާކުރަމުންދާއިރު މި ޓްރިޕްގައި ޕްރިޔަންކާ ބައިވެރިނުވި ނަމަވެސް އޭނާ ދަނީ ފޮޓޯތަކަށް ކޮމެންޓުކޮށް ފޮޓޯތައް ފޮނުވުމަށް އެދެމުންނެވެ.

އެގޮތުން ޕަރިނީތީ އަންނަނީ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. 

ފޮޓޯތަކާއި ވީޑިއޯތަކާއެކު ޕަރިނީތީ އަންނަނީ އޭނާގެ ރައްޖޭގެ ތަޖުރިބާތަކުގެ ވާހަކަ ހިއްސާ ކުރަމުންނެވެ. އަދި އޭނާއަށް އެފަދަ ފުރުސަތުތައް ލިބުނީތީވެ ޝުކުރުވެރިވާ ކަމަށް އޭނާ ބުނެއެވެ.

ޕަރިނީތީ ހިއްސާ ކުރަމުން  އަންނަ ރާއްޖޭގެ ރީތި ފޮޓޯތަކަށް ގިނަ ބަޔަކު އަންނަނީ ހިތް ކިޔަމުންނެވެ.

ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުމުން އަންނަ މިދަނޑިވަޅުގައި އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު ބޮލީވުޑުގެ ގިނަ ތަރިން ދަނީ ރާއްޖެ އަންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް