އެރަށު ކައުންސިލް ރައީސް މުހައްމަދު އަޒްމީ ވިދާޅުވީ އެރަށުގެ އުތުރު ފަރާތާއި ދެކުނު ފަރާތުން ވަރަށް ބޮޑަށް ގިރާފައިވާކަމަށާއި މިޕްރޮޖެކްޓުގައި އެންމެ އިސްކަމެއް ދެވޭނީ އެސަރަހައްދު ތަކަށް ކަމަށެވެ.
"ވަރަށް ބޮޑަށް ހިމާޔަތް ކުރެވޭނެ ކަމަށް މިބަލަނީ މި ޕްރޮޖެކްޓުން" އަޒްމީ ވިދާޅުވިއެވެ.
އެރަށުގެ ވަށައިގެންވެސް ވަނީ ވަރަށް ބޮޑު ސަރަހައްދެއް ގިރާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން އެރަށުގައި 170 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ސަރަހައްދުގައި 50 މީޓަރުގެ ކީ ވޯލަކާއި ރޭމްޕެއްގެ މަސައްކަތްވެސް ނިންމުމަށް ހަމަޖެހިފައިވެއެވެ.