ads
ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު
ޖާބިރު ހައްޔަރުކޮށް ހަރުކަށި ފިޔަވަޅު އަޅަން ކާށިދޫ ކައުންސިލުން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށް، ތަޙުޤީޤުކޮށް، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އޭނާއާ މެދު އެޅުމަށް ސަރުކާރާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ކ ކާށިދޫ ކައުންސިލުން ގޮވާލައިފިއެވެ.

ކ.ކާށިދޫ ކައުންސިލުން މިއަދު ނެރުނު ގަރާރު ފާސްކޮށްފައި ވަނީ އެކައުންސިލްގައި ހިމެނޭ ފަސް މެންބަރުންގެ އިއްތިފާގުންނެވެ. 

ކާށިދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި މަގްސަދު އޮޅޭ ގޮތަށް، އަދި އިސްލާމްދީނުގެ މަތިވެރި ހުކުމްފުޅުތަކުގެ ހައިބަތު ގެއްލި، އިލާހީ ހުކުމްފުޅުތަކަކީ، މި ޒަމާނާއި މުޖުތަމަޢާ އެކަށީގެން ނުވާ ބޯދާ ހުކުމްތަކެއް ކަމަށް މީހުންނަށް ހީކުރުވައި، ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންވާހައި ގޮތަކަށް އުޅެވިދާނެ ކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުމުގެ ގޮތުން ޖާބިރު ވާހަކަ ދައްކަވާފައިވާކަމަށެވެ.

your imageއަބްދުالله ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި ފޮޓޯ:-- ސޯޝަލް މީޑިއާ

އަދި މަސައްކަތްތެރިންގެ ގޮތުގައި ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެމީހުންގެ ބާތިލު ދީންތަކުގެ ޝިޢާރުތައް އާންމުކޮށް، ފާޅުގައި އަޅުކަން ކުރެވޭ ގޮތަށް، އެ ދީންތަކުގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަން ރާއްޖޭގައި އެޅުމަށް، ފުރުޞަތު ފަހިކޮށްދީ ދީނީ މިނިވަންކަން ދިނުމަށް، ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ހ. ތިމާވެށި ޢަބުދުﷲ ޖާބިރު، އެ މަޖިލީހުގައި ވަކާލާތުކޮށްފައި ވާކަމަށެވެ. 

އޭގެ އިތުރުން އެގަރާރުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ރާއްޖޭގައި ޢަމަލުކުރުމަށް ހެދިފައިވާ ގާނޫނުތަކާ ޚިލާފުވެފައި ވާތީ، އެކައުންސިލުން، އޭނާގެ އެ ވާހަކަތަކާއި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

https://cnm.mv/news/40087

"ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ހ. ތިމާވެށި ޢަބުދުﷲ ޖާބިރު، ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މަޖިލީހުގައި ދެއްކެވި ވާހަކައަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް އެނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް މިދާއިރާގެ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމާއި، މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާ ދާރުކަމާއިއެކު، ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކަށް ބެއްލެވުމާއިއެކު، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށްދެއްވުމަށް ޢަބްދުﷲ ޖާބިރުއަށް ނަސޭހަތްތެރިވަމެވެ." ކާށިދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. 

މިކަމާ ގުޅިގެން ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ޖާބިރު ތައުބާ ވިކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ޖާބިރު ދީނުން ބޭރުވި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. 

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ދީނީ މިނިވަންކަމަށް ގޮވާ ލައްވާފައެވެ.

މި ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމްވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

އެދެބޭފުޅުންވެސް ވިދާޅުވީ ޖާބިރު ދީނީ މިންގަނޑުތަކުން ބޭރުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ނުދެއްކޭނެ ކަމަށާއި، އެފަދަ ވާހަކައެއް ދައްކައިފި ނަމަ ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "ސީއެންއެމް" އަށް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް