ads
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު
ސެކިއުރިޓީ ފުޑާލުމަށްފަހު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން އުޅެފި
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބަހައްޓާފައިވާ ސީސީޓީވީ ކެމެރާތަކަށް ފިލައިގެން ގޭތެރެއަށް ވަންނަން މީހަކު މަސައްކަތްކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އާއިލީ ގެކޮޅުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގެއްލުންދީ ވަދެގަންނަން އުޅުނު ވަގުތަކީ އެ މަނިކުފާނު ގެކޮޅުގައި ވަޑައިގެން ނޫޅުއްވަ ވަގުތެއް ކަމަށްވެއެވެ. އޭރު އުއްތަމަ ފަނޑިޔާރު އިންނެވީ ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއްގައެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބަހައްޓާފައި ހުރި ސީސީޓީވީ ގެ ޕޮޒިޝަން ބަދަލު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް އިއްޔެ ވަނީ ލިިބިފައެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުން ދާ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހާއްސަ ސެކިއުރިޓީއާ އެކު ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ ތިން ބާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ. 

އެގޮތުން މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެދެބޭފުޅުންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ވަނީ ނިންމާފައެވެ. އެ ދެބޭފުޅުންގެ ހުރުމުގެ ކަންކަމާއި ހުރިހާ ހަރަދެއް ހަމަޖައްސާނީ އެ ބޭފުޅަކު ނިސްބަތްވާ މުއައްސަސާއަކުންނެވެ. 

ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މިގޮތުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނަކަށްވާންޖެހޭނެ ކަމަށާ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީވެސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންކަމުގައި މިބިލުގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނާއި އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިންވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނެވެ.

ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހު ނިންމާފައެވެ. 

މިވަގުތަށް މިދެބޭފުޅުންނަށް ގެތައް ހަމަޖެއްސެވީ ވަގުތީ ގޮތުންނެވެ. އަދި މިދެބޭފުޅުންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ދެ އިމާރާތެއް މާލޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް