ads
ކަންގަނާ ރަނައުތް
"ތަލައިވީ" އަށް ބޮލީވުޑުގެ މާފިއާ އިން ތައުރީފު ނުކުރުމުން ކަންގަނާ ރަތަށް!
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަންގަނާ ރަނައުތުގެ ފިލްމް "ތަލައިވީ" އަށް ބޮލީވުޑްގެ ނުފޫޒުގަދަ މީހުން ތައުރީފު ނުކުރުމުން، އެ ފިލްމްގެ އަގު ވަޒަން ނުކުރިކަމަށް ބުނެ ކަންގަނާ ރުޅިގަދަ ވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި ފިލްމް "ތަލައިވީ" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވީ ނަމަވެސް، ބޮލީވުޑުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ބަހެއް ފިލްމަށް ލިބިފައި ނުވާތީ ކަންގަނާ ވަނީ މިކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ވާހަކަތައް ހިއްސާކޮށްފައެވެ. 

ބޮލީވުޑުގެ ނުފޫޒުގަދަ ފަރާތްތަކަށް ނިސްބަތްކޮށް ކަންގަނާ ބުނެފައިވަނީ އެމީހުން ސިޔާސީ ގޮތުންނައި ފަރުދީ ގޮތުން މީހުނާ މެދު އޮންނަ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ފަށަން ޖެހޭކަމަށެވެ. 

your imageކަންގަނާ ރަނައުތް

އެހެންނަމަވެސް އެވަރުގެ ކަމެއް ކޮށްލުމަކީ ވެސް އެ ފަރާތްތަކަށް ވަރަށް ބޮޑުކަމެއްގެ ގޮތުގައި ކަންގަނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެވަރުގެ އިހުލާސްތެރިކަމެއްވެސް އިންސާނިއްޔަތުކަމެެއްވެސް ބޮލީވުޑް މާފިޔާއިންގެ ކިބައިގައި ނެތްކަމަށްވެސް ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައެވެ. 

މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އޭއެލް ވިޖޭ ޑައިރެކްޝަން ހަދާފައިވާ ފިލްމެކެވެ. ކަންގަނާއާއެކު އެ ފިލްމުގައި ޕޫރްނާ އާއި އަރުވިންދު ސްވާމީގެ އިތުރުން ރާޖް އަރުޖުން، މާދޫ އަދި ބަގިޔާޝްރީ ފަދަ ތަރިން ވަނީ ފެނިގެންގޮސްފައެވެ. 

ކަންގަނާ, ޖަޔަލަލީތާގެ ކާސްޓިން ފެނިގެންދިޔައިރު، މި ފިލްމުގައި އޭނާ އާ ވައްތަރު ވުމަށްޓަކައި ކަންގަނާ ވަނީ ހަށިގަނޑުގެ ބަރުދަން ހަ މަހުގެ ތެރޭގައި 20 ކިލޯ އިތުރުކޮށްފަ އެވެ.

ފިލްމް "ތަލައިވީ" އިން ކަންގަނާގެ ދެއްކި އެކްޓިން މޮޅުކަމުން ފޭނުން އަންނަނީ މި ފިލްމަކީ ކަންގަނާ އަށް ނެޝަނަލް އެވޯޑެއް ހައްގު ފިލްމެއް ކަމަށް ބުނަމުންނެވެ. 

މި ނިމުނު ސެޕްޓެމްބަރު މަހުގެ 10ގައި ސިނަމާތަކުގައި މި ފިލްމް އަޅުވާފައިވާއިރު، މިހާރު ނެޓްފްލިކްސް މެދުވެރިކޮށް ވެސް މި ފިލްމް ބަލާލެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް