ads
މަޑިވަރު ފަޅު ހިއްކުމާ ދެކޮޅަށް ރަސްދޫ ރައްޔިތުންތަކެއް
ވެލިފިނޮޅު ފަޅުން ވެލި ނެގުން ހުއްޓުވައިފި: ރަސްދޫ ކައުންސިލް
ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އޮންނަ ވެލިފިނޮޅު ފަޅުތެރެއިން އެކްސްކަވޭޓަރު ބޭނުންކޮށްގެން ވެލި ނަގައިގެން އިތުރަށް ހިއްކަމުންދާތީ އެ މައްސަލަ ބެލުމަށް ފަހު އެފަޅުން ވެލި ނެގުން ހުއްޓުވައިފި ކަމަށް އއ ރަސްދޫ ކައުންސިލުން ބުނެފިއެވެ.
Advertisement

ރަސްދޫ ކައުންސިލަރު އަބްދުﷲ އަނިލް ސީއެންއެމް އަށް މިއަދު ވިދާޅުވީ އެންވަޔަރަންމެންޓް މިނިސްޓްރީއާއި، އީޕީއޭ އަދި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް މަޝްވަރާތައް ކުރުމަށްފަހު މިހާރު ނިންމާފައިވަނީ މަޑިވަރު ފަޅުން ވެލި ނުނެގޭ ގޮތަށް ނިންމާފައި ކަމަށެވެ. 

"އެފަޅުން ދެން ވެލި ނެގިޔަ ނުދޭނެ ކަމަށް އީޕީއޭއިން ބުނެފައި އޮތީ . އެކަމަކު ރިސޯޓުގެ ސަރަހައްދުގެ ގޮތުގައި އޮތް ހިސާބުން ރިސޯޓުން ވެލި ނެގޭނެ ޓޫރިޒަމް ގާނޫނުގެ ދަށުން. އެކަމަކު މިހާރު އެއްވެސް މަސައްކަތެއް ނުކުރޭ" އަނިލް ވިދާޅުވިއެވެ.

ރަސްދޫ ކައުންސިލުން ބުނީ އަދި މިހާތަނަށް ނިންމުންތައް ނިންމާފައި ހުރީ އަނގަބަހުން ކަމަށާއި އެހެންކަމުން ރަސްމީ ނިންމުމެއް ނިންމެންދެން އެކައުންސިލުން މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ. 

your imageމަޑިވަރު ފަޅުތެރެއިން ހިއްކަމުންދާ ސަރަހައްދު: މިހާރު މަސައްކަތް ވަގުތީގޮތުން ހުޓުވާފައި

އެކައުންސިލުން ބުނީ ވެލި ނެގުމަށްތަކައި ހަދާފައިވާ ވެލިބެޑްވެސް ރޫޅާލުމަށް ނިންމާފައިވާކަމަށެވެ. 

މިމައްސަލަ ފުރަތަމަ ފެންމަތިވެފައިވަނީ  މިދިޔަ އޮގަސްޓް މަހުގެ މެދުތެރޭގައެވެ.

ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވެލިފިނޮޅު ތަރައްޤީކުރުމާއި، ވެލިގަނޑު ރިސޯޓް ގިރުން ހުއްޓުވުމަށް މެޝަނަރީ ބޭނުންކޮށްގެން، އއ. ރަސްދޫ މަޑިވަރު ފަޅުތެރެއިން ގިނަ ޢަދަދަކަށް ވެލިނަގަމުންދާ މައްސަލަ އާއި ބެހޭ ގޮތުން 19 އޮގަސްޓްގައި އއ.އަތޮޅު ކައުންސިލުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.

އެކައުންސިލުގެ ނޫސްބަޔާނުގައިވަނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އއ. ވެލިފިނޮޅު ތަރައްޤީކުރުމާއި، ވެލިގަނޑު ރިސޯޓް ގިރުން ހުއްޓުވުމަށް މެޝީނަރީ ބޭނުންކޮށްގެން، އއ. ރަސްދޫ މަޑިވަރު ފަޅުތެރެއިން (ފަޅުގެ އުތުރުކޮޅުން) ގިނަ ޢަދަދަކަށް ވެލިނެގުމާއި، މަޑިވަރުފަޅުން ބައެއް ހިއްކަމުންދާތީ، އެކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުންނާއި، އއ. ރަސްދޫ ކައުންސިލުންނާއި އަދި ދާއިރާ ހިމެނޭ ރަށްރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކުރަމުން ދާ ކަމަށެވެ.

your imageމަޑިވަރު ފަޅުތެރެއިން ހިއްކާރަށް

މިކަމާ ގުޅޭ ގޮތުން ކްރައުން ކޮމްޕެނީ އަށް ގުޅާލުންމުން އެކުންފުނީގެ ބަހެއް އޭރު ލިބޭގޮތެއް ނުވެއެވެ. 

އަދި މިމައްސަލާގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު އޭރު ވިދާޅުވީ މިހާރު އީޕީއޭއިން އެމަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި ވާ ކަމަށާއި، މިނިސްޓަރު ވަރަށް ގާތުން އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.

މީގެ ކުރިން ޒަރޫރީ އެކިއެކި ބޭނުންތަކަށާއި، ވިޔަފާރި އުޞޫލުން ގިނަ ޢަދަދަކަށް (އެއްވެސް މެޝިނަރީއެއް ބޭނުންނުކޮށް) އއ. ރަސްދޫ މަޑިވަރު ފަޅުތެރިން ވެލިނެގުމުގެ ސަބަބުން، އެ ފަޅުތެރޭގައި ހުރި ސޭންޑް ބޭންކްތައް ގިރައި، ޤުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެފަދަ ބޭނުންތަކަށް ވެލިނެގުމަށް އެހެން ސަރަހައްދެއް ކަނޑައަޅައި ދިނުމަށް 30 އޮކްޓޯބަރ 2019 ގައި ރަސްދޫ ކައުންސިލުން ދެންނެވުމުން، 05 ނޮވެމްބަރ 2019 ގައި އެހެންސަރަހައްދެއް ކަނޑައަޅައި، އީ.ޕީ.އޭއިން ވަނީ އއ. ރަސްދޫ ކައުންސިލަށް އަންގާފައެވެ. 

އއ. ރަސްދޫ މަޑިވަރު ފަޅުގެ ބޮޑުބަޔަކީ އީޕީއޭ އިން ހިމާޔަތްކޮށްފައިވާ ސަރައްދަކަށްވާއިރު ފަޅުގެ އެއްކޮޅުން ގިނައަދަދަކަށް ވެލިނަގަމުންދާތީ ފަޅުތެރޭގައި ހުރި ކުދި ފިނޮޅުތައް ނެތިދިއުމާ، އަދި އެ ފަޅާ ގުޅިފައިހުރި ސްނޯކަލް ކުރުމަށް ޚާއްޞަ ތަންތަނާ، އަދި ފަރާ ކައިރީގައިހުރި ޑައިވިންގ ސްޕޮޓްތައް ކިސަޑުވެލި އެޅި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ޤުދުރަތީ ދިރުންތައް ނެތެމުންދާތީ، ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި، ޢާއްމު ރައްޔިތުން ކޮންމެ ދުވަހަކު ދަނީ އެ ސަރަހައްދު ޙިމާޔަތްކުރުމަށް ގޮވާލާ އެ ސަރަހައްދަށްގޮސް އިހްތިޖާޖް ކުރަމުންނެވެ." ކައުންސިލް ނޫސްބަޔާނުގައި ވެއެވެ.
އެކަމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގެ ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް އިތުރަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓުވައި ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުގައި ދެންނެވުމަށް، 19 އޮގަސްޓް 2021 ވަނަ ދުވަހު 11:04 ގައި ބޭއްވި ކައުންސިލުގެ 04 ވަނަ ދައުރުގެ 06 ވަނަ ޢާއްމު ޖަލްސާގައި ބައިވެރިވެލެއްވި އަތޮޅު ކައުންސިލްގެ މެންބަރުންގެ ޢިއްތިފާގުން އިޤްރާރުވާކަމަށް އެބަޔާނުގައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް