ads
މާލޭ ޖަލު -- ފޮޓޯ ޕީއެސްއެމް
ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ހުރި މީހަކު މަރުވެއްޖެ
ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

ކަރެކްޝަންސްއިން ބުނީ މަރުވެފައިވަނީ 46 އަހަރުގެ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.

ކަރެކްޝަނުން ބުނީ ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން ރޭ އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް އޭނާއަށް ދިޔައީ ފަރުވާ ދެމުން ކަމަށެވެ. އޭނާ މަރުވެފައިވަނީ ފަރުވާދެމުންދަނިކޮށް ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށްގެން އިތުރު ފަރުވާ ދެމުން ދަނިކޮށް ނެވެ. 

ކަރެކްޝަންސްއިން ބުނީ އޭނާ މިރޭ 19:30 ގައި މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި، މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށެވެ. 

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހަކު މިދިޔަ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހުވެސް ވަނީ ކުއްލި އަކަށް މަރުވެފައެވެ. 

ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން 40 އަހަރުގެ އަސްލަމް މަރުވުމާއި ބެހޭ ގޮތުން އާއިލާގެ ތުހުމަތުތަކެއް ކަރެކްޝަނަށް އަމާޒުވި ނަމަވެސް އެ އިދާރާއިން އެފަހަރު ބުނީ އޭނާ އެރޭ ގާތްގަނޑަކަށް 18:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ އެރޭ 20:23 ގައި މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް