ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓެއް…
އަދި މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން އަންނަ ކަން ފާހަގަކުރައްވާ ވަރަށް އަވަހަށް ހައްލެއް ލިބޭނެކަމަށް ޔަޤީން ކުރައްވާ ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން، ދިވެހިންނަށް ވިސާ ދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ.