ads
އުނގޫފާރު މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ
އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ %87 ނިމިއްޖެ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތާރު  އެޅުމުގެ  މަސައްކަތް ވަނީ ނިމިފައެވެ.

your imageއުނގޫފާރު މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

your imageއުނގޫފާރު މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ

މި މަޝްރޫއު އަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް