ads
ރޮނާލްޑޯ
ރޮނާލްޑޯ އަންހެނަކު ރޭޕްކުރި މައްސަލަ ބެލޭކަށް ނެތް
ކްރިސްޓިއާނޯ ރޮނާލްޑޯ އަންހެނަކު ރޭޕްކުރިކަމަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރަކު، ކޯޓަށް ހުށަހެޅިފައިވާ މަދަނީ މައްސަލަ ކޯޓުން ބޭރުކުރުމުގެ ރައުޔު ދެއްވައިފިއެވެ.
Advertisement

ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މައްސަލައިގައި އެކަށީގެންވާ ހެއްކެއް ނެތެވެ. އެހެންވެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތެވެ. 

އުމުރުން 34 އަހަރުގެ ކެތަރީން މޭޔޯގާ ވަނީ 2009 ވަނަ އަހަރު ރޮނާލްޑޯ އޭނާ ރޭޕްކުރިކަމުގެ އިލްޒާމު ރޮނާލްޑޯގެ ބޮލުގައި އަޅުވާފައެވެ. އަންހެން މީހާ ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ލަސްވެގަސްގެ ހޮޓަލެއްގައި ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު އޭނާ ރޭޕްކޮށްފައެވެ.

ރޮނާލްޑޯގެ ވަކީލުން ބުނާ ގޮތުގައި ރޮނާލްޑޯގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ ޝައްކާއި ވަހުމުގެ މައްޗަށް ބިނާކޮށް އުފައްދައިގެން އުޅޭ މައްސަލައެކެވެ. އެ އިލްޒާމު ސާބިތުވާފަދަ ހެއްކެއް ގަރީނާއެއް ނެތެވެ.

ރޮނާލްޑޯ: އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް 

ކްލާކް ޑިސްޓްރެކްޓު އެޓާނީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2009ގައި ޖިންސީ ހަމަލާއެއް ދިންކަމަށް އަންހެން މީހާ ބުނިކަމަށްވިޔަސް އެކަން ކުރީ ކާކުކަން، ކޮންތަނެއްގައި ކަން އަންހެން މީހާ ކިޔައިދީފައި ނުވާތީ ފުލުހުންނަށް އެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގެއް ނުކުރެވޭކަމަށެވެ. އަންހެން މީހާ އެ މައްސަލައިގެ ދައުވާ ހުށަހަޅާފައި ވަނީ އޭގެ މާ ފަހުންނެވެ. 

ރޮނާލްޑޯ އަބަދުވެސް ގެންދަނީ އެއީ ހަގީގަތެއް ނެތް ދޮގު ވާހަކައެއްކަމަށް ބުނަމުންނެވެ.

މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑެނިއަލް އަލްބަޓް ވިދާޅުވީ ވަކީލުންގެ ޓީމުން ލީކްކޮށްފައިވާ ވާހަކަތައް ޝަރީޢަތުގައި ނުހިމަނާނޭކަމަށެވެ.

ޖަރުމަނުވިލާތުގެ މަޖައްލާއަކަށް އަންހެންމީހާ ދީފާވައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް 2010 ގައި ދެފަރާތުން ވާހަކަދައްކާފައިވާ ކަމަށާއި އެ ގޮތުން އޭނާއަށް 375000 ޑޮލަރު ރޮނާލްޑޯގެ ފަރާތުން ލިބިފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ ވާހަކަ ނުދައްކާނޭކަމަށް އޭނާ އެއްބަސްވެފައިވާނޭކަމަށް ވެސް ބުނެފައިވެއެވެ. 

ރޮނާލްޑޯ ހިމެނެނީ ފުޓުބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރީންގެ ތެރޭގައެވެ. އޭނާއަށް ވަނީ 2008، 2013، 2014، 2016، 20017 ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. 

މިހާރު މެންޗެސްޓްރާ ޔުނައިޓެޑަށް ކުޅެމުންދާ ރޮނާލްޑޯ އަންހެނަކު ރޭޕްކުރި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމުގެ އަޑު ފެތުރުމާ ގުޅިގެން ރޮނާލްޑޯއަށް ތާއީދު ކުރާ މީހުން އުފައު ފާޅު ކުރަމުންދާއިރު އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ދަނީ ހިތްހަމަނުޖެހުމާއެކު ވަރަށް ބޮޑަށް ނުރުހުން ފައުޅު ކުރަމުންނެވެ. ފައިސާގެ ބާރުގައި ރޮނާލްޑޯގެ މައްސަލަ އޮއްބާލަނީކަމަށް ބުނެ ފާޑުކިޔަމުންނެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ ރޮނާލްޑޯގެ މައްޗަށް ސާބިތު ނުވިޔަސް އޭނާއަކީ މޮޅަށް ގޯލު ޖަހާ މީހެއްކަން އޭނާއަށް ތާއިދު ކުރާ މީހުންނަށާއި ތާއިދު ނުކުރާ މީހުންނަށް ވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް