ads
2020 ވަނަ އަހަރުގެ މާޗު މަހު ޕެރިސްގެ ބާބްސް މާކެޓްގައި މީހަކު މޭވާ އަތުރަނީ-- ފޮޓޯ: ސީއެންއެން
ފްރާންސްގައި މޭވާ އާއި ތަރުކާރީ ބަންދުކުރުމުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފި
އަންނަ ޖެނުއަރީ މަހުން ފެށިގެން ފްރާންސްގައި މޭވާ އާއި ތަރުކާރީ ބަންދުކުރުމުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފި އެވެ.

ހޯމަ ދުވަހު ފްރާންސްގެ އެންވައިރަމަންޓް މިނިސްޓްރީ އާއި ހަވާލާދީ ސީއެންއެން އިން ރިޕޯޓްކުރާ ގޮތުގައި އެގައުމުން ތަރުކާރީ އާއީ މޭވާ ބަންދުކުރުމުގައި ޕްލާސްޓިކް ޕެކިން ބޭނުން ކުރުން މަނާކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.  

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވުޖޫދަށް އައި ގާނޫނުގައިވާ ގޮތުގެ މަތިން އެގައުމުގެ ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޕްލާސްޓިކް ޕެކިންއަކާއި ނުލާ ވިއްކަން ޖެހޭ 30 ބާވަތެއްގެ މޭވާ އަދި ތަރުކާރީ ހިމެނޭ ލިސްޓެއް އާންމުކޮށްފައެވެ. 

އެ ލިސްޓުގައި ލީކްސް، ބަށި، ވަަށް ޓޮމާޓޯ، ދޮންކެޔޮ އަދި އާފަލާއި އޮރެންޖު ހިމެނެއެވެ. 

"އަހަރުމެން ދިރިއުޅުމުގައި އިންތިހާއަށް އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮންމެ ދުވަހަކުވެސް ބޭނުން ކުރޭ. މި ގާނޫނުގެ ދަށުން އުކާލަންޖެހޭ ޕްލާސްޓިކްގެ އަދަދު ބޮޑުތަނުން މަދުކުރެވިގެންދާނެ ކަމަށް ބެލެވޭ، އަދި އެހެން ތަކެތި ބޭނުންކުރާ މިންވަރު އިތުރުވެ، ދެ ފަހަރު ބޭނުން ކުރެވޭ ނުވަތަ ރިސައިކަލް ކުރެވޭ ޕެކިން އިތުރުވާނެ." މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ.

އަންދާޒާ ކުރެވޭ ގޮތުގައި 37 އިންސައްތަ މޭވާ އަދި ތަރުކާރީ ވިއްކަނީ ޕްލާސްޓިކް ޕެކިންގައެވެ. ލަފާ ކުރެވޭ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އަހަރަކު އެއް ބިލިއަން ބޭނުން ނުކުރެވޭ ޕްލާސްޓިކް ޕެކިން ހުއްޓުވިގެންދާނެ އެވެ. 

ފްރާންސްގެ މޭވާ ވިޔަފާރިވެރިންގެ ފެޑަރޭޝަންގެ ރައީސް ފްރަންކޯސް ރޮޝް ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކާޑްބޯޑަށް ބަދަލު ކުރުމަކީ އުދަގޫ ކަމެއް ކަމަށެވެ. 

އަދި އެހެން އެއްޗަކަށް ނުލައި ހާމަކޮށް ހުންނަ އެއްޗެހި ވިއްކުމަކީ ކަސްޓަމަރުންނަށް އެހާ ކަމުދާ ކަމެއް ނޫންކަމަށް ވިދާޅުވަމުން ރޮޝް ވިދާޅުވީ އެހެން ގިނަ ކަސްޓަމަރުން އަތް ލާފައި ހުންނަ މޭވާ މީހުން ގަންނަން ބޭނުން ނުވާ ކަމަށެވެ. 

ޕްލާސްޓިކް ޕެކިން މަނާކުރުން މިއީ ފްރާންސްގެ ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ތަސައްވަރުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން އެގައުމުން ވަނީ ޕްލާސްޓިކް ހޮޅި، ތަށި، ކަޓްލަރީ، އަދި ސްޓައިރޮފޯމް ޓޭކްއަވޭ ފޮށިވެސް މަނާކޮށްފައެވެ.

ފަޅިކޮށްފަ ހުންނަ މޭވާ އަދި ބައެއް ބާވަތްތަކުގެ މޭވާ - ތަރުކާރީ ޕްލާސްޓިކް ޕެކިންގައި ވިއްކުނު ނަމަވެސް 2026 ވަނަ އަހަރުގެ ޖޫންގެ ފަހުން އެއްވެސް ގޮތަަކަށް ޕްލާސްޓިކް ޕެކިންގައި ކާނާއެއް ނުވިއްކޭނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް