ads
ޝެހެނާޒް ޝޫޓިންތެރޭގައިވެސް އިރުއިރުކޮޅުން ރޮނީ
ބިގްބޮސް އަށް ފަހު ޝެހެނާޒްގެ ފުރަތަމަ ފިލުމު "ހޯންސުލާ ރަކް" ސިނަމާތަކަށް އޮކްޓޫބަރު 15 ގައި އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝިދާތުގެ ކުއްލި މަރަށް ފަހު ޝެހެނާޒުގެ ސިއްހީ ހާލަތު ހަމައަކަށް ނޭޅޭތީ "ހޯސުލާ ރަކް" ގެ ޝޫޓިން މަޑުޖެހުނު ދަނޑިވަޅުގައި ފިލުމުގެ ޕްރޮޑިއުސަރު މީގެ ކުރިން ބުނީ ޝެހެނާޒް ހަމައަކަށް އެޅި ކެމެރާ ކުރިމައްޗަށް ފުރިހަމައަށް ރެޑީ ވެވެންދެން ޝޫޓިން ނުފަށާނެ ކަމަށެވެ.

ޝިދާތު މަރުވީ މި ފިލުމުގެ ފަހުގެ ޝޫޓިންތައް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ނަމަވެސް މިހާރު ޝެހެނާޒް ވަނީ މަސައްކަތައް އަނެއްކާވެސް ނިކުމެފައެވެ. މިހާރު ފަހުގެ ޝޫޓިންތައް ފެށިގެން ކުރިއަށްދާއިރު، ބޭރުގެ ހަބަރުތައް ބުނާ ގޮތުން ޝޫޓިންގެ ސެޓުގެ ތެރޭގައި ޝެހެނާޒް އިރު އިރުކޮޅުން ރޯން ފަށައެވެ.

ޝެެހެނާޒްގެ ކުރީގެ “ސްޕާކްސް”ވެސް ގެއްލިފައިވާކަމަށާއި، ހުނުމާއި ސަކަރާތް ޖެހުންވެސް ވަަރަށް މަދުކަމަށް ރިޕޯޓުތައް ބުނެއެވެ. 

ފިލްމުގެ ޝޫޓިންގެ ތެރެއިން ޝެހާނާޒު ހަމަޔަކަށް އެޅުމަށް ގިނަ ބަޔަކު އެހީތެރިވެދޭ ކަމަށާއި، ކޮންމެ ގަޑިއިރަކުން ސިދާތުގެ މަންމަ އަށް ވެސް ޝެހެނާޒް ގުޅާ ވާހަކަ ދައްކާ ކަމަށް ހަބަރުތައް ބުނެއެވެ. ސިދާތުގެ މަންމަވެސް އޭނާ އަށް ހިތްވަރުދީ ޝިދާތުގެ މަރުގެ ހަގީގަތް ގަބޫލުކޮށް ކުރިއަށް ދިއުމަށް ހިތްވަރުދޭ ކަމަށް ވެއެވެ.

ޝޫޓިން ހުއްޓިފައިވާ އޮތް ދަނޑިވަޅުގައި އެ ފިލުމުގެ ޓްރެއިލާ ވަނީ އާއްމުކޮށްފައެވެ. ޓްރެއިލާއަށް މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބުނުއިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ފިލުމު ވެގެންދާނީ ހިޓަކަށެވެ.

ކަނޑައެޅިފައިވާ ތާރީހަށް ފިލްމް ރިލީޒް ކުރެވޭނެ ކަމަށް މިހާރު ލަފާކުރެވޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ކުއްލި ގޮތަކަށް ސިދާތު މަރުވުމާއެކު ގިނަ ބަޔަކަށް ލިބުނީ ކުއްލި ޝޮކެކެވެ. ވަކިން ހާއްސަކޮށް ސިދާތުގެ ގާތް މީހުންނަށް މިއީ ހީވެސް ކުރި ފަދަ ކަމެއް ނޫނެވެ.

ސިދާތުގެ މަރާއެކު އެންމެ ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހުނީ ޝެހެނާޒް އެވެ.

ބިގް ބޮސް 13 ކާމިޔާާބުކުރި ސިދާތު ޝޯޯ ފެށިގެން ގޮސް ނިމެންދެން ވެސް ޝެހްނާޒް އާ ހާއްސަ ގުޅުމެއް އޮތެވެ. އަދި ސިދާތުގެ އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ސިދާތު އާ ޝެހްނާޒް އާ ދެމެދު ހާއްސަ ގުޅުމެއް އޮތެވެ.

ސިދާތު  އާއި  ޝެހެނާޒް  އެކުގައި  ފެނިގެން  ދިޔަނަމަވެސް  މި  ދެތަރިން  ލޯބީގެ  ގޮތުން  ގުޅިގެން  އުޅޭކަން  މީޑިއާ  އަށް  ހާމަކޮއްފައެއް  ނުވެއެވެ.  އެހެން ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ސިދާތު ކުއްލިއަކަށް މަރުވިއިރު އެދެމީހުން ކައިވެނި ކުރުމަށް މިއަހަރުގެ ޑިސެމްބަރަށް ދިއައީ ތައްޔާރުވަމުންނެވެ.   

ސިދާތުގެ  ކުއްލި  މަރާގުޅިގެން  ޝެހެނާޒްގެ  ބަހެއް  މީޑިއާތަކަށް  މިހާތަނަށް  ލިބިފައި  ނުވެއެވެ.

61%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް