ads
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ-
ސިޔާސީ މަގާމުގައި ތިބެ ސަރުކާރު ދިފާއު ކުރެވެން ޖެހޭނެ: އީސަ
ސަރުކާރުގެ ސިޔާސީ މަގާމް ތަކުގައި ތިބެ ސަރުކާރު ދިފާއު ކުރެވެން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
Advertisement

އީސަ މިހެން ވިދާޅުވީ އެ ދާއިރާގެ ކުޑަފަރީ ހެލްތް ސެންޓަރުގެ އެޑްމިނިސްޓަރޭޓަރު ޖާބިރު ވަޒީފާއިން ވަކިކޮށްފައިވަނީ މެމްބަރު ނުފޫޒުން ކަމުގައި ދެކެވެމުންދާ ވާހަކަ އާއި ގުޅިގެންނެވެ.

މިމައްސަލައާއި ގުޅިގެން ސީއެންއެމްއިން އީސަ އަށް ގުޅާލުމުން ވިދާޅުވީ ސިޔާސީ ގޮތުން ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރާ ބޭފުޅުންނަކީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެކެވޭ އަދި ސަރުކާރު ހިމާޔަތް ކުރަންޖެހޭ ބައެއް ކަމަށް ދެކޭކަމަށެވެ.

ދާއިރާގެ ރަށްތަކުގެ ހެލްތް ސެންޓަރުގެ އެޑްމިނިސްޓްރޭޓަރުންނަކީ ސިޔާސީ މަގާމެއް ކަމުން ކުޑަފަރި ހެލްތް ސެންޓަރުގެ މަގާމަށް ޖާބިރު ހަމަޖެއްސެވީ އޭނާ ރިކަމަންޑް ކޮށްގެން ކަމަށެވެ.

"ކުޑަފަރީ ހެލްތް ސެންޓަރަށް ޖާބިރު ހަމަޖެއްސެވީ އަޅުގަނޑު ރައީސް ކައިރީގައި ރެކަމަންޑް ކޮށްގެން. އެއީ އޭނާއަކީ އޭރު އެމްޑީޕީ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް. ދެން ދާއިރާގެ އެކިއެކި މީހުންގެ ލަފާއާއި އެކު އޭނާއަށް އެމަގާމް ހަމަޖެއްސެވީ" މެމްބަރު އީސަ ވިދާޅުވިއެވެ.

އެހެންނަމަވެސް އޭނާގެ ފަރާތުން އެފަދަ މަގާމެއްގައި ހުރެ ކުރަންނުޖެހޭ ކަންތައްތަކެއް ކުރަންފެށުމުންނާއެކު ރައްޔިތުންގެ ނުރުހުން އޭނާއަށް އަމާޒު ވަމުންދިޔަކަމަށެވެ. އެފަދަ ޝަކުވާ ކެނޑިނޭޅި އޭނާއަށް ލިބެމުންދިޔަކަށް އީސަ ވިދާޅުވި އެވެ.

"ސިޔާސީ މީހަކު ދައުލަތާއި އެމްޑީޕީއަށް ބަދު ބަސް ބުނަންޏާ އަޅުގަނޑަކަށް ބަލައިގެން ނުހުރެވޭނެ" ސީއެންއެމްއަށް ދިން އިންޓަވިއުގައި މެމްބަރު އީސަ ވިދާޅުވިއެވެ.

ހަމައެބީދައިން ޖާބިރުގެ ފަރާތުންވެސް ސަރުކާރާއި ދެކޮޅު ވާހަކަ ދެއްކުމާއި، ސަރުކާރު ބަދުނާމްކޮށް ރަށުތެރޭގައި ވާހަކަ ދެއްކުން ހުއްޓާނުލާ ކުރިއަށް ދިޔަކަމަށާއި، އެންމެފަހުން ބޭއްވުނު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބާ ޖާބިރު އުޅުނީ މިނިވަން ކެންޑިޑޭޓުން ހޮވުމަށް ކަމަށެވެ. އެކަމުން އެމްޑީޕީގެ ގޮނޑި ކާމިޔާބު ނުވާ ކަމަށާއި އެކަމާއި ގުޅިގެން ރަށުގެ އެމްޑީޕީ މެމްބަރުން ވަރަށްބޮޑަށް ނުރުހުންވެފައިވާ ކަމަށެވެ.

މި ސަބަބުތަކާއި ހެދި ރައީސްގެ އަރިހުގައި ކުޑަފަރީ ހެލްތް ސެންޓަރުގެ މަގާމުގައި ހުރި ޖާބިރު ހަސަނަށް އޭނާ ކުރި ތާއީދު އަނބުރާ ނެގި ކަމަށާއި ޖާބިރުގެ އަމަލުތައް ހުރީ ސީދާ ސަރުކާރާއި ދެކޮޅަށް ކަމަށް ވިދާޅުވިކަމަށް އީސަ ވިދާޅުވި އެވެ.

އީސާ އިތުރަށް ވިދާޅުވީ ހުރިހާ ގައުމެއްގައިވެސް ކަންކަން އޮންނަނީ އެހެންކަމަށެވެ. ރާއްޖޭގައިވެސް ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްގައިވެސް ކަންކަން ކޮށްފައިއޮތީ އެގޮތަށް ކަމަށެވެ. ސަރުކާރުގެ ސިޔާސީ މަގާމް ފުރާމީހުން ސަރުކާރަށް ކުޑައިމީސް ބަހެއް ބުނެގެން ނުވާނެކަމަށެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް