ads
ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީން ބެހެއްޓި ސްކްރީން- ފޮޓޯ: އެޗްޑީސީ
މިރޭގެ މެޗު ބަލަން ހިޔާ ފްލެޓް ސަރަހައްދުގައި ބޮޑު ސްކްރީނެއް
ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލަން ހުޅުމާލޭ ދެ ވަނަ ފޭސްގެ ހިޔާ ފްލެޓް ސަރަހައްދުގައި ބޮޑު ސްކްރީނެއް ބަހައްޓައިފި އެވެ.

މި އިންތިޒާމު ހަމަޖައްސާފައިވަނީ ހައުސިން ޑެވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިރާގު ގުޅިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ރާއްޖެއާ އިންޑިއާ މިރޭ ވާދަކުރާ މެޗުގެ ފޯރި އިތުރު ކުރުމުގެ ގޮތުން، ކާނިވާ ސަރަހައްދުގައި ބޮޑުބެރު ޝޯއަކާއި އެކު ހަރަކާތްތަކެއް ކުރިއަންގެންދިއުމަށް ޔޫތު މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ. 

ނަމަވެސް މިކަމަށްވަނީ ބައެއް ދީނީ ޢިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައެވެ. 

އިލްމުވެރިންގެ މި ފާޑުކިޔުމާއި ގުޅިގެން، އެކަމަށް ރައްދުދެއްވަމުން މަހްލޫފް ވިދާޅުވީ މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށެވެ. 

"އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫނެވެ. ދަނޑުގަ ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށެވެ". ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް 

އަންގާރަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ރޭވިފައިވާ ކަމަށެވެ. އަދި ރާއްޖެ މެޗުން މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް