ads
އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ
ފުރަބަންދުން އެނގުނީ ދައުލަތުގެ ފައިސާ ބެލެހެއްޓުން ހަރުދަނާ ކުރަން ޖެހޭކަން: އޭޖީ
ފުރަބަންދުން އެނގި ތަޖުރިބާ ކުރެވުނު އެންމެ މުހިންމު ކަމަކީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒްކޮށް ހަރުދަނާ ކުރަންޖެހޭ ކަން ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އެއީ ފުރަބަންދުގެ ހާލަތަށް ދިއުމާއެކު އޮޑިޓްގެ މަސައްކަތްވެސް ގާތްގަނޑަކަށް ހުއްޓިގެން ގޮސްފައިވަނީ އިދާރާތަކުގައި އޮޑިޓްގެ މަސައްކަތަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ސްކޭން ކުރެވިފައި ނުވަތަ އިލެކްޓޯނިކް ވަސީލަތްތަކުގައި ރައްކާކުރެވިފައި ނެތުމުގެ ސަބަބުން ކަމަށްވެސް ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގެ 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިފްތިތާޙް ކުރުމަށް ފުވައްމުލަކުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން ނިޔާޒީ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ޤާއިމްވެ، އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ވެދެވުނު އެހީތެރިކަމުގެ ސަބަބުން މި ސަރަހައްދުގެ އިދާރާތަކުން އޮޑިޓް ކުރުމުގައި ކުރިން ފެންނަމުން ދިޔަ ވަރަށްގިނަ މައްސަލަތައް މަދުވެއްޖެ ކަމަށެވެ.

އަދި މި ޖަލްސާގައި ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން ނުލައި ދައުލަތުގެ ކުންފުނިތަކާއި އިދާރާތައް ޒިންމާދާރު ނުކުރެވޭނެ ކަމަށާއި އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާކޮށް މިހާރު އޮޑިޓަރ ޖެނެރަލްގެ މިސްރާބަކަށް ވާންވާނީ ޕާފޯމެންސް އޮޑިޓްތައް އިތުރަށް ފުޅާކުރުން ކަމުގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީސް ގާއިމް ކުރެވުނީ 2015 ވަނަ އަހަރުގައެވެ. އަދި އެ އޮފީހުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ. ގދ. ޏ އަދި އައްޑޫ ސިޓީގެ 151 އިދާރާގެ އޮޑިޓް މަސައްކަތް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް