ads
ޖުމްހޫރީ ޕާޓީއަށް ކޮޕީ އިއްސެ ސޮއި ކުރެއްވުމަށްފަހު، ގާސިމް އިބްރާހިމާއި ފޯމު ހަވާލުކުރައްވަނީ؛ ފޮޓޯ ވީ ނިއުސް
ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް އުފައްދަނީ
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ
Advertisement

އެކަން އިއުލާނުކޮށްފައިވަނީ ގާސިމްގެ އަމިއްލަފުޅު ޓީވީ، ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގައި މަޝްހޫރު ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. 

ކޮޕީ އިއްސެ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި ގާސިމްގެ ހަޔާތްޕުޅާ ގުޅޭ ފިލްމުގެ މަަސައްކަތް ކުރިއަށް ގެންގޮސް ވަރަށް ފެންވަރު ރަނގަޅު އުފެއްދުމެއް އާންމުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމްގެ ހަޔާތްޕުޅަކީ އިބުރަތުން ފުރިފައިވި ދިރިއުޅުމެއް ކަމަށާއި އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ. އެގޮތުން ގާސިމްގެ ހިދުމަތަކީ ދައުލަތުގެ ވެރިންނާއި މުޅި ދިވެހި ރައްޔިތުންވެސް ހެކިވާނެ ހިދުމަތެއް ކަމަށެވެ. އެހެންކަމުން އެއީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން. އަދި ހަދާނީވެސް އާދައިގެ ގޮތަކަށް ނޫން. އިންޓަނޭޝަނަލް ފެންވަރުގައި ހަދާނީ އިރާދަކުރެއްވިއްޔާ،" އިއްސެ ވިދާޅުވިއެވެ. 

ކޮޕީ އިއްސެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ، 2019 ވަނަ އަހަރުގެ ނޮވެމްބަރ 19 ވަނަ ދުވަހުގެ ރޭ، ޖުމްހޫރީ ޕާޓީގެ މައި މަރުކަޒުގައި ބޭއްވި "އެންމެންގެ ޖުމްހޫރީ ޕާޓީ - ޤައުމީ ވިންދު" ޖަލްސާގައެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިއްސެ އެރޭ ވިދާޅުވީ، ސޮފްޓް ޕަވަރ އަކީ ހަމައެކަނި ޢިލްމާއި ޙިލްމު އުގެނުން ނޫން ކަމުށާއި، ނަމަވެސް އޭގެ ބޭނުން ހިފައިގެން ރައްޔިތުންނާއި ޤައުމަށް އިޚުލާޞްތެރިކަމާއި އެކު މަސައްކަތް ކޮށްދިނުން ކަމަށެވެ. އެހެންވީމާ އެގޮތަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި އެކަމުގައި ހިތްވަރާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޤާސިމް ފަދަ ބޭފުޅަކު ދިވެހި ރައްޔިތުންނަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަތްޕުޅުގައި ހިފާނެ ބަޔަކުވެސް ތިބެން ވާނެ ކަމަށެވެ.

އިސްމާޢީލް ރަޝީދު ވިދާޅުވީ ޤާސިމަކީ އޯގާތެރި މާސިންގާ ހިތެއްގެ ވެރި ބޭފުޅެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް