
ޗެންނާއީ ސުޕަރ ކިންގްސްއިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކޮލްކަތާ ނައިޓް ރައިޑަރސް ބަލިކޮށްގެނެނެވެ. މިއީ ޗެންނާއީން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.
ފައިނަލް މެޗުގައި ފުރަތަމަ ކުޅެން އެރީ އެމްއެސް ދޯނީގެ ޗެންނާއީންނެވެ. ޗެންނާއީން ކުޅެން އަރައި ތިން ކުޅުންތެރިން ނުބައިވެގެން ވިހި އޯވަރަށް، ސަތޭކަ ނުވަދިހަ ދެ ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް، ނައިޓް ރައިޑަރސްއަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ފަސްދޮޅަސް ފަސް ލަނޑެވެ. އެއާއެކު، ހަތަރު ވަނަ ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ޗެންނާއީއަށް ލިބުނީއެވެ.
މިއަހަރުގެ މުބާރާތް ރޭ ނިންމާލެވުނީ، ކޮވިޑާ ގުޅިގެން އެތައް އުނދަގޫތަކަކަށް ފަހުއެވެ. މުބާރާތް ފުރަތަމަ ދުބާއީގައި ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑާ ހެދި މުބާރާތް މެދު ކަނޑާލަން މަޖުބޫރުވިއެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު މުބާރާތުގެ ބާކީބައި ކުރިއަށް ގެންދިޔައީ ޔޫއޭއީގައެވެ.