ads
މަރުވި ނާހިދާ އަދި ގެއްލުނު ދަރިފުޅު…
ނާހިދާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ!
ހޮނިހިރު ދުވަހުގެ ހަވީރު ކަނޑު މަތީ ލޯންޗެއް ބަނޑުންވެ ހިނގި ހިތާމަވެރި ހާދިސާގައި މި ދުނިޔެއާއި އުމުރަށް ވަކި މަރިޔަމް ނާހިދާގެ އާއިލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާހިދާގެ މަރުގެ ހަބަރު އެއްސެވީ ފުން ހިތާމާޔާއި އެކުގައި ކަމަށާއި ނާހިދާގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

އޭގެ އިތުރުން އެ ހާދިސާގައި ކަނޑުވެ ގެއްލުނު ނާހިދާގެ ކުޑަ ފިރިހެން ދަރިފުޅަށް ހެޔޮގޮތް މިންވަރު ކޮށްދެއްވައި ﷲގެ ހަޞްރަތުގައި ދުއާ ދަންނަވާ ކަމަށާއި އައިލާ އަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

އިިއްޔެ ހަވީރު 17:10 ހާއިރު ހިނގި އެ ހިތާމަވެރި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖާ އަދިވެސް ފެނިފައެއް ނުވެއެވެ. 

އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުންނާއި އާއިލާއިން ކުރަމުން އަންނަ އިރު އެ އިދާރާއިން ވަނީ ކުއްޖާ ގެއްލުނު އިރު ލައިގެން ހުރި އަންނައުނު ކިޔައިދީ ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެމްއެންޑީއެފަށް އެންގުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް