ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑަައިގެން އެވެ.

Advertisement
އަބްދުއްރަހީމް އެ މެމްބަރުން ޕާކިސްތާނުގެ އިސްލާމްއާބާދަށް ފުރީ އިއްޔެއެވެ.
ރައްޔިތުން މަޖިލީހުން ބުނީ މި ދަތުރަކީ ވެރިކަން ކުރާ ޕީއެންސީގެ އަމިއްލަ ދަތުރެއްކަމަށެވެ. އެހެންކަމުން އެ ދަތުރާ ގުޅޭ އެއްވެސް ތަފްސީލެއް މަޖިލިހަކުން ނުދެއެވެ. އެހެންނަމަވެސް މި ދަތުރަށް މަޖިލިހުން އެއްވެސް ވަރަކަށް ހަރަދު ނުކުރާނެކަން މަޖިލިހުން ވަނީ ބުނެ ފައެވެ.
ދަތުރުގައި ބައިވެރިވާ މެމްބަރުން
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
- މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް
- ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު
- ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު
- ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު
- އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒު
އެނގިފައިވާ ގޮތުގައި މި ދަތުރުގައި އަބްދުއްރަހީމް ބައިވެރިވެޑައިގަންނަވަނީ ދައުލަތުން ދީފައިވާ ފުލް ސެކިއުރިޓީގަ އެވެ. 6 ދުވަހުގެ މި ދަތުރު ނިންމާ މެމްބަރުން މާލެ އަންނާނީ ދުބާއީއަށް ދިޔުމަށްފަހު އެވެ.