ads
މަހުމޫދުގެ މަރަށް ފަހު އދ. ދަނގެތި
މަހުމޫދުގެ މަރު:ހައްޔަރުކުރި ބޭރު މީހާގެ ބަންދަށް 15 ދުވަސް
މިދިޔަ ހަފްތާގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި އދ. ދަނގެތީ މަހުމޫދުގެ މަރާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ތޫނު އެއްޗަކުން އެކި ތަންތަނަށް ހަމަލާދީ މަރާލާއި އޮތް މަހުމޫދުގެ މަރުގެ ތަހުގީގު ކުރަން ފަށާއި ޝައްކު ކުރެވިގެން އެ ބިދޭސީ މީހާ އިއްޔެ ވަގުތެއްގައި ހައްޔަރު ކުރުމަށް ފަހު މިއަދު މުއްދަތު ޖަހަން ގެންދިއުމުން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެރަށު މުސްކުޅި އެއް ބަލަހައްޓަމުން އަންނަތާ ހަތަރު އަހަރުވެފައިވާ އެ ބިދޭސީ މީހާއަށް މަރުގެ ތުހުމަތުކޮށް އޭނާ ހައްޔަރު ކުރީ ބުދަ ދުވަހުގެ ރޭ އެއްޗެއް ޖަމާފައި ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

މިއީ މަހްމޫދުގެ މަރުގެ މައްސަލާގައި ތުުހުމަތުކުރެވިގެން ހައްޔަރުކުރި ފުރަތަމަ މީހާއެވެ. މީގެ ކުރިން މަހުމޫދު މަރާލި މައްސަލައިގައި ދަނގެތީގެ ބައެއް ރައްޔިތުން ވަނީ ޝައްކުކުރެވޭ ތިން މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އެއީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން ދިޔަ ދެ މީހަކާއި އެދެމީހުންނާއި ގުޅުން އޮންނަ ޒުވާން އަންހެނެކެވެ.

ނަމަވެސް އެމީހުން ފުލުހުން އެމައްސަލާގައި ހައްޔަރެއް ނުކުރެއެވެ.

މަހުމޫދު ނުފެނިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިމަހުގެ 14 ވީ ބުރާސްފަތި ދުވަހު 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިން މާރާލާފައި އޮއްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް