ads
މަހުމޫދުގެ މަރަށް ފަހު އދ. ދަނގެތި
މަހުމޫދުގެ މަރު: ސާލިމް ކަންތައް ކުރި ގޮތް ފުލުހުން ދަނީ ކުޅުވަމުން
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް ފުލުހުން މިއަދު އޭނާ ލައްވައި ކުޅުވަމުން އެބަގެންދެއެވެ.
Advertisement

އެ ރަށު ނެދުންގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް ގެންގޮސްފައި ހުރި ސާލިމް އިއްޔެ ހައްޔަރުކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާއިރު، ސާލިމް ގޮވައިގެން ފުލުހުން މިއަދު ވަނީ ޝައްކު ކުރެވޭ ބައެއް ތަންތަނަށް ގޮސްފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ސީއެންއެމް އަށް ކިޔައިދީފައިވއެވެ. 

އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައިވާ ފެން ވަޅު ހުންނަ ގެ ހިމެނޭ ކަމަށާއި، އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފައި ކަމަށް އޭނާ ބުނެއެވެ.

މަހުމޫދު މަރާލައި ވައްޓާލާފައި އޮތީ، ސާލިމް ދިރިއުޅުނު ނެދުންގެއާ އެއް މަގެއްގައި މާދުރު ނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ފެން ވަޅަށެވެ.

މީގެ އިތުރުން ނެދުންގޭގެ ފާރުމަތިން އެރި ގޮތް ވެސް ސާލިމް ދައްކާލާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

"މީހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވޭ ކަންކަން ބައެއް މީހުން ވަނީ ފުލުހުންނަށް ކިޔައިދީފައެވެ. 

އެގޮތުން އެ ގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެގޭ ފާރުމަތިން ބޯ ދިއްކުރި މީހަކަށް ފެނުނު ކަމަށް ބުނާ މަންޒަރު ހިމެނެއެވެ. 

21%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް