ads
މަހުމޫދުގެ މަރުގެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތު ކުރާ މީހުން ދުއްވި ސައިކަލު -- ސަން ފޮޓޯ
މަހުމޫދުގެ މަރު: ޖަޒުބާތުގައި ރޯކޮށްލި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް
އދ. ދަނގެތީގައި މަރާލުމަށް ފަހު ގޯންޏަކަށްލާ ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ރައްޔިތުން ޖަޒުބާތުގައި އެދުވަހު އަންދާލި ސައިކަލު މިރޭ ދަނގެތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

ދަނގެތީ ކައުންސިލުން "ސީއެންއެމް"އަށް ބުނީ ތޮއްޑޫން އެ ރަށަށް ގޮސް ދިރިއުޅޭ ދެ މީހެއްގެ އެ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކީއްވެކަމެއް އަދި ނޭނގޭ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ވެސް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

މަހްމޫދުގެ މަރުގެ މައްސަލާގައި ފުލުހުން ތުހުމަތުކޮށް ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސާލިމް އެވެ.

ސައިކަލު ދަނގެތީ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ސާލިމް ލައްވާ އެ ރޭ ކަން ހިނގިގޮތްކަމަށް އޭނާ ބުނާ ކަންކަން މިއަދު ކުޅުވުމަށް ފަހު އަލުން އަނބުރާ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފަހުންނެވެ. 

ސާލިމް ދިރިއުޅޭ ގޭތެރެއިން އެއްޗެހިތަކެއްވެސް ފުލުހުން މިރޭ ވަނީ ހޯދާފައެެވެ. އެތަކެތި ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

މަހުމޫދު ނުފެނިގެން ރައްޔިތުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިމަހުގެ 14 ވަނަ ދވަހުގެ 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.

ރަހުމުކުޑަގޮތަކަށް ގޯންޏަކަށް ލާ ވަޅަކަށް ވައްޓާލާފައި އޮތްތަން ފެނުމުން އެސަރަހައްދުގައި ހަަރަކާތްތެރިވަމުންދިޔަ މީހުން ފުރަތަމަވެސް ޝައްކުކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން އެ ރަށަށް ދިޔަ ދެ މީހަކަށެވެ.

އެވަގުތުގެ ޖަޒުބާތުގައި ރައްޔިތުން ފަރާތުން ފެނުނު ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން ވަނީ އެމީހުންނަށް ހިމާޔަތްދީ ފުލުހުންގެ އިދާރާއަށް ގެންގޮސްފައެެވެ. ފުލުހުން ހިމާޔަތް ދިނުމުން ރައްޔިތުންގެ ރުޅިގަނޑު އިތުރަށް ފަޅައިގެންގޮސް އެެދެމީހުން އެ ރަށުގައި ގެންގުޅުނު ސައިކަލުގައި ހުޅުޖަހައި ރޯކޮށްލީ ކަމަށްވެއެވެ.

ފުލުހުން ބިދޭސީއަކަށް ތުހުމަތުކުރިނަމަވެސް އެ ރަށު ރައްޔިތުން އަދިވެސް ގަބޫލުކުރަނީ އެކަމުގައި އެ ދެމީހުންގެ އަަތެއް އޮންނާނެ ކަމަށެވެ.

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް