ދަނގެތީ ކައުންސިލުން "ސީއެންއެމްއަށް" ބުނީ އޭނާ އަތޮޅު ފުލުހުންގެ އިދާރާއަށް ގެންދިޔައީ މިއަދު އިރު އޮއްސުނުތަނާ ހެން ކަމަށެވެ.
އޭނާ މަހިބަދޫއަށް ގެންގޮސްފައިވަނީ ދަނގެތީގައި އޭނާ ދިރިއުޅުނު ގޭ ބަލައި ފާސްކޮށް އެގޭތެރެއިން ބައެއް އެއްޗެހި ހޯދުމަށްފަހުއެވެ. އަދި ސާލިމް ލައްވާ މިއަދު ފުލުހުން ވަނީ އެރޭ ކަން ހިނގިގޮތްކަމަށް އޭނާ ބުނާ ކަންކަން ކުޅުވާފައެވެ.
ސާލިމް އަތޮޅު ފުލުހުންގެ އިދާރާއަށް ބަދަލުކޮށްފައިވީނަމަވެސް އެ ރަށުގައި އަދިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.