ads
މެމްބަރު ހައިތަމް--
ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް އެޅުމުގެ ޓެންޑާ ފަރުމާ ކޮށްފައިވަނީ ގެއްލުން ލިބޭ ގޮތަށް
ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް އެޅުމުގެ ޓެންޑާ ފަރުމާ ކޮށްފައިވަނީ ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ. މިމައްސަލަ ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެވެ.
Advertisement

ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް އަޅާނެ ބަޔަކު ހޯދުމަށް ޓަކައި މި އަހަރުގެ ޖުލައި މަހު ކޮށްފައިވާ (MV-MONPI-223416-w-RFP) ޓެންޑަރ ފަރުމާކުރެވިފައި ވަނީ އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ދިވެހިރާއްޖެއަށް ގެއްލުން ލިބޭނެ ގޮތަކަށް ކަމަށް ވިދާޅުވެ، އެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ކަންބޮޑުވުންތަކެއް އޭނާ އާ
ހަމައަށް ގެނެސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އޭނާ ފޮނުއްވި ސިޓީގައި ވެއެވެ.
"އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް އެޅުމުގެ ޓެންޑަރ ފަރުމާކުރެވިފައި ވަނީ ޓްރީޓް ނުކުރާ ނަޖިސް ކަނޑަށް ދޫކޮށްލެވޭ ފަދަ ގޮތަކަށެވެ. އަދި ޓްރީޓްކުރެވިފައިވާ ފެން، ފެން ފަށަލަ (އެކުއަފަޔަރ)ގެ ތެރެއަށް ދޫކޮށްލެވޭ ފަދަ ގޮތަކަށެވެ. ސުވޭޖަކީ އެކި ޒާތުގެ ވިހަ މާއްދާއާއި ފާމަސޫޓިކަލް ރެޒިޑިއު އަދި މައިކްރޯޕްލާސްޓިކް ހިމެނޭ އެއްޗެއް ކަމުގައި ވާ އިރު، ޓްރީޓް ނުކުރާ ފެން ދޫކުރުމަކީ ކަނޑު ތަޣައްޔަރުވެ ގުދުރަތީ ވެއްޓަށާއި ކަނޑުގެ ދިރުންތަކާއި އިންސާނުންނަށް ވެސް ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. ކަނޑުގައި ދިރިއުޅޭ މަސްމަހާމެހިން މައިކްރޯޕްލާސްޓިކާއި ކެމިކަލްގެ ބާވަތްތައް ފެންނަމުންދާ ކަން ދިރާސާތަކުން ވެސް މިހާރު ހާމަވަމުން ދާ އިރު، މިއީ ޙަޤީޤަތުގައި ވެސް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." ހައިތަމް ގެ ސިޓީގައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުތުގައި ރާއްޖޭގައި އަމަލުކުރާ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންގައި ބުނާ ގޮތުގައި ނަރުދަމާގެ ތެރެއިން ޓްރީޓްކޮށްފައި ކަނޑަށް ދޫކުރާ ފެނުގެ އެފްލުއެންޓް ކޮލިޓީ ރިކުއަމެންޓަކަށް ހުންނަން ޖެހޭނީ ލީޓަރެއްގައި އެންމެ ގިނަވެގެން ވެސް 20 މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަނެކެވެ. އެހެން ނަމަވެސް މަޝްރޫއުގެ ޓެންޑަރގެ މާއްދާތައް ބުނާ ގޮތުން ބައެއް ހާލަތްތަކުގައި އެއްވެސް ގޮތަކަށް ޓްރީޓް ނުކޮށް 10,000 ކިއުބިކް މީޓަރުގެ ނަޖިސް ފެން ކަނޑަށް ދޫކުރެވިދާނެ އެވެ.
މިއީ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަނާ ކަނޑައެޅިގެން ޚިލާފު، އަދި ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ދެކެވަޑައިގަނަނަވާ ކަމަށް އޭނާ ވިދާޅުވެއެވެ. މަޝްރޫއުގެ ދަށުން ނަޖިސް ޓްރީޓްކުރެވިފައި ހުންނަން ޖެހޭނީ ފަސް މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަނަށެވެ. އޭނާ ވިދާޅުވީ  އެ ފެންވަރަށް ނަޖިސް ޓްރީޓްކުރެވޭ ޤާބިލިއްޔަތުގެ ކުންފުނިތައް ދުނިޔޭގައި ވަރަށް މަދުކަމަށެވެ.

"އަދި އޭގެ އިތުރުން މިކަމަކީ ޤައުމަކަށް އިޤްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިކުރުވާނެ ކަމެކެވެ. ނަރުދަމާގެ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން އަޅުގަނޑަށް މަޢުލޫމާތު ދެއްވައިފާ ގޮތުގައި، ޓެންޑަރގައި ބުނެފައިވާ ފެންވަރުގެ ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކޮށް ހިންގުމަށްޓަކައި ދުވާލަކު 15 މެގަވޮޓުގެ
ކަރަންޓު ބޭނުންވާނެއެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް ދުވާލަކު ބޭނުންވާ ކަރަންޓުގެ މިންވަރުގެ ތިންބައި ކުޅަ އެއްބައި މިންވަރު ކަމުގައި ވާ ހިނދު، މިއީ ކަރަންޓު އުފެއްދުމަށް ޓަކައި ގަންނަންޖެހޭ ތެލާއި، ޕްލާންޓު ހިންގުމަށާއި މެއިންޓެނަންސް ފަދަ ކަންކަމަށް ބަލާއިރު ވެސް ބޮޑު ޚަރަދެއް ދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި 2030 ވަނަ އަހަރުގެ ކުރިން ރާއްޖެއިން ސެނެޓް-ޒީރޯ ކާބަން އެމިޝަންގެ ލަނޑުދަނޑި ހާޞިލުކުރުމުގެ ޢަޒުމު ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައި ވާ އިރު، އަދިވެސް
އިތުރަށް ކަރަންޓަށް ބަރޯސާވާންޖެހޭ ފަދަ މަޝްރޫޢުތައް ފަރުމާކުރެވިގެން ދިއުމަކީ މަޝްރޫޢު ފަރުމާކުރެއްވި ބޭފުޅުން މިކަންކަމަށް ފުރިހަމައަށް ދިރާސާ ނުކުރައްވާ ކަމުގެ ހެއްކެއް ކަމަށް އަޅުގަނޑު ދެކެމެވެ. " ސިޓީގައި ވެއެވެ.

ހަމައެހެންމެ، މިޕްލާންޓް ހިންގުމަށް ބޭނުނުންވާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ 50,000 އަކަ މީޓަރުގެ ޖާގަ ގްރޭޓާ މާލެ ސަރަހައްދުން ލިބެން ނެތްކަން ވެސް ފާހަގަކޮށްފައި ވެއެވެ. އަދި އެކަމަކީ އިޤްތިޞާދީ ގޮތުން ޚަރަދާއި ނުބައްދަލު ނިންމުމެއް ކަމުގައިވެސް އަޅުގަނޑު ދެކޭ ކަމަށްވެސް ވިދާޅުވެފައިވއެވެ.
އެހެން ކަމުން އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މި މަޝްރޫޢުގެ ޓެންޑަރ ފަރުމާކުރެވިފައި ވަނީ ނިޒާމުގެ ޑިޒައިނާއި އިންޖިނިއަރިސްއަށް ރަނގަޅަށް ރިޢާޔަތް ނުކޮށް ކަމަށާއި  އަދި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތުގެ އިތުރުން ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ ހާލަތަށް ރިޢާޔަތް ނުކޮށް ކަމަށްވެސް ވިދާޅުވެއެވެ. އަދި އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ސިއްޙަތަށް ރިޢާޔަތް ނުކޮށް ޖކަމަށްވެސް ސިޓީގައި ވެއެވެ.
"މި މަޝްރޫއު ހިންގުމަށްޓަކައި ވޯލްޑް ބޭންކުން މާލީ އެހީ ކަނޑައަޅާފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފާއިތުވެފައިވާ އިރު، އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތުމަކީ، ޚާއްސަކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ދަށްވެފައިވާ ދަނޑިވަޅެއްގައި، އެހީދޭ ބައިނަލްއަޤުވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވަރު ގޯސްވެދާނެ ކަމެއް ކަމުގައި ދެކެމެވެ.
ރާއްޖޭގައި ސުވޭޖް ޓްރީޓްމަންޓުގެ ނިޒާމުތަކުގެ ގޮތުގައި ބޭނުންވަނީ ރާއްޖެއަށް އެންމެ އެކަށޭނަ، އީޖާދީ ދެމެހެއްޓެނިވި ހައްލު ތަކެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މިކަމަށް ބޭނުންވާނީ ސީދާ ރާއްޖޭގެ ހާލަތަށް ފެތޭ ފަދަ އަދި މިވަގުތު ދުނިޔޭގައި ލިބެން ހުރި އެންމެ ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ތިމާވެއްޓަށާއި ޤުދުރަތީ
ފެން ފަށަލައަށާއި ކަނޑުއަޑީގެ ދިރުންތަކަށް ލިބޭ ގެއްލުން އެންމެ ކުޑަ ކުރެވޭނެ ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
ވީމާ، މަތީގައި މިދެންނެވި ކަންކަމަށް ރިޢާޔަތްކޮށް، މިކަންކަމުގައި ޒިންމާވާ ފަރާތްތައް މަޖިލީހުގެ ކަމާ ގުޅޭ ގެއަށް ޙާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުން އެދި ދެންނެވީމެވެ" ރައީސް ނަCީދަށް އެޑްރެސް ކޮށް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް